ރާއްޖޭގައި، މައްސަރު ހާލަތުގައި ހުރެ ފީނަން އުޅުނު ފަތުރުވެރިޔަކަށް މިޔަރެއް ހަމަލަދީފި

މައްސަރު ހާލަތުގައި ހުރެ ފީނަން އުޅުނު ޗައިނާގެ ފަތުރުވެރިޔަކަށް މިޔަރެއް ހަމަލަދީފިއެވެ. މި ޚަބަރު މެލޭޝިޔާގައ ޑެއިލީ ސްޓާރ އާއި އޮރިއެންޓަލް ޑެއިލީ ނިއުސް އާއި ސިން ޗިއު ޑެއިލީގައި ރިޕޯޓްކޮށްފައިވާއ...

01 Dec 2025 | 15:23
N/A

N/A

މައްސަރު ހާލަތުގައި ހުރެ ފީނަން އުޅުނު ޗައިނާގެ ފަތުރުވެރިޔަކަށް މިޔަރެއް ހަމަލަދީފިއެވެ.

މި ޚަބަރު މެލޭޝިޔާގައ ޑެއިލީ ސްޓާރ އާއި އޮރިއެންޓަލް

ޑެއިލީ ނިއުސް އާއި ސިން ޗިއު ޑެއިލީގައި ރިޕޯޓްކޮށްފައިވާއިރު އެ މަސްދަރުތަކުގައި

ބުނެފައިވަނީ އެއީ ޗައިނާއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ފަތުރުވެރިއެއް

ކަމަށާއި މައްސަރު ހާލަތުގައިވެސް އޭނާ މިޔަރުތަކާއެކު ފީނައިލަން ފޭބީ އިންސްޓަގްރާމަށް

އަޕްލޯޑު ކުރާނެ ރީތި ފޮޓޯތަކެއް ނެގުމުގެ ނިޔަތުގައެވެ.

އެ ނިޔަތުގައި ފީނަމުންދަނިކޮށް މިޔަރެއް އޭނާގެ

އަތުގައި ހިފައި އަތުގައި ދަތްތަކުގެ ފުން ނިޝާނެއް ދޫކޮށްލާފައިވާއިރު ދަތް

އެޅުމުންވެސް އޭނާ މޫދުން އަރަން ބޭނުން ނުވި ކަމަށާއި މޫދުން ނެގުމުން ޓުއަރ

ގައިޑް ދެކެ ރުޅިވެސް އައިކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން ރިޕޯޓްކޮށްފައިވާގޮތުގައި އެ ފަތުރުވެރިޔާ

މައްސަރު ހާލަތުގައި ހުރެވެސް ފީނަން ފޭބީ އެކަމުން މިޔަރު ދަތް އެޅުމުގެ ފުރުޞަތެއް

އޮވެދާނެތޯ ސާފުކުރުމަށްފަގައެވެ.

އެ ނޫސްތަކުގައި އެ މަގުން އެކަން ފާހަގަކޮށްފައިވީނަމަވެސް

އޭނާ ބުނަނީ އެ މިޔަރު ދަތް އެޅިކަމަށް އޭނާ ގަބޫލު ކުރަނީ އޭނގެ އަތުގައި އޮތް

ރިހި ކެވެލިކޮޅެއް ވިދާތީ މިޔަރުތަކަށް އޭގެ އުނދަގޫ ވުމުންނެވެ.

ހޮސްޕިޓަލަށް ނުދާންވެސް އެ ފަތުރުވެރިޔާ އުޅުނު

ކަމަށާއި ނަމަވެސް ފަހުން ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދި ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

މި ހާދިސާއަކީ ސީދާ ކޮން ދުވަހަކު ހިނގި ހާދިސާއެއްކަން

އެ ތިން ނޫހުންވެސް ސާފުވާގޮތެއް ނުވެއެވެ. ނަމަވެސް އެ ނޫސްތަކުގައި ހުރި މަޢުލޫމާތަށް

ބަލާއިރު އެއީ މި ހަފުތާތެރޭގައި ހިނގި ކަމެއް ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް