ނުކުޅެދުންތެރިކަން ހުންނަ ކުދިން ބައިވެރިވި ކުޅިވަރު މުބާރާތް -- ފޮޓޯ: ބީއެމްއެލް
ނުކުޅެދުންތެރިކަން ހުންނަ އެތުލީޓުންނަށް މީސް މީޑިއާގައި މަލާމާތް ކުރި މައްސަލައިގައި އެ އެތުލީޓުންގެ ދިފާޢުގައި ބާރުގަދަ މެސެޖެއް އާންމުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ފީރު އާދަމްގެ ނަމުގައި އާންމު ކުރި އެ މެސެޖުގައި ބުނެފައިވާ ގޮތުގައި ވީޑިއޯގައި ފެންނަ ކޮންމެ އެތުލީޓަކު ވެސް އެހާ ހިސާބަށް ގޮސްތިބީ މަސްތަކެއް ވަންދެން ފަރިތަކުރުންތައް ހިންގައި ފަތިހާ ހޭލައި ޕްރެކްޓިސްތަކަށް ހާޒިރުވެ ގޮންޖެހުންތައް ގިރާކޮށް ހިތްވަރާ އެކު ކަމަށެވެ. އެ މެސެޖަކީ އޭނާގެ ދަރިފުޅަށް ވީތީ އެކަނި ހާމަ ކުރި މެސެޖެއް ނޫން ކަމަށް ބުނެފައިވެ އެވެ.
އޭނާ ބުނެފައިވާ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިން ކުރާ އެފަދަ ބުރަ މަސައްކަތް ސްކްރީނެއްގެ ފަހަތުގައި ފިލައި ތިބެ މަލާމާތް ކުރާ މީހުންނަށް ދުވަހަކު ވެސް ނުވިސްނޭނެ ކަމަށެވެ.
އެ މެސުގައި ބުނެފައިވާ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހަކު ވާދަކުރާ ތަން ފެނިގެން ފުރަތަމަ ވެސް ހީނގަނެވޭ ނަމަ ނުކުޅެދުންތެރިކަން އޮތީ ޓްރެކް މަތީގައެއް ނޫނެވެ. އެ ނުކުޅެދުންތެރިކަން އޮތީ ރާއްޖޭގެ މުޖުތަމަޢުގައި އަދިވެސް ހައްލުނުވެ އޮތް ހަމްދަރުދީއާއި އިންސާނިއްޔަތާއި ރަނގަޅު އަޚުލާޤުގެ އުނިކަމުގަށް ބުނެފައިވެ އެވެ..
އެ މެސެޖުގައި އިތުރަށް ބުނެފައިވާ ގޮތުގައި ތަފާތުތަކަށް މަލާމާތް ކުރުމުގެ ބަދަލުގައި ތަފާތުތައް ފާހަގަކޮށް އުފާކުރަން ދަރިންނަށް ދަސްކޮށްދޭން ޖެހެއެވެ. އަދި ފުރިހަމަކަމަށް ވުރެ ހިތްވަރު މާ މުހިންމު ކަމާއި ކޮންމެ މީހަކު ވެސް ޤަދަރާއި އިޙްތިރާމް ލިބުން ހައްޤު ކަމަށް ވެސް ބުނެފައިވެއެވެ.
އެ އެތުލީޓުން ޕޯސްޓް ކުރުން ހުއްޓައި ނުލާނެ ކަމަށާއި ކޮންމެ ރޭހެއް ކޮންމެ ތުރޯއެއް ކޮންމެ ޖަމްޕެއް ކޮންމެ މެޑެއްޔެއް އަދި ކޮންމެ ހިނިތުންވުމެއް ކުރިއަށް ވުރެ ބާރަށް ފާހަގަކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.
https://web.facebook.com/reel/1377902797736165
ފީރުގެ ޕޯސްޓު މިހާރު ގިނަ ބަޔަކު ދަނީ ޝެއާ ކުރަމުންނެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ އެތްލީޓުންނަށް މީހުން ކުރި މަލާމާތާއި ފުރައްސާރައަށް ފާޅުގައި ދަނީ ފާޑު ކިޔަމުންނެވެ.
އެފަދަ ކަންކަން މުޖުތަމައުން ނުފެންނާނެ ގޮތް ހެދުމަކީ ކޮންމެ ދިވެއްސަކުވެސް ކުރަން ޖެހޭ ކަމެއް ކަމަށާއި އެކަމަކު އަދިވެސް ދިވެހިން ތަހުޒީބު ނުވާކަމަށް ގިނަ ބަޔަކުބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް