އިންޑިއާގައި ޑޭކެއާ ސެންޓަރެއްގައި ކުދިން ދޮންނަ މެޝިނަށްލައި ޕްރެޝަރުގައި އަނގަޔަށް ފެންޖެހި މައްސަލައެއް!

އިންޑިއާގެ ބެންގަލޫރޫގެ ޑޭކެއާ ސެންޓަރެއްގައި ކުޑަކުދިންތަކަކަށް އަނިޔާކޮށް ބެލެހެއްޓުމުގައި އިހުމާލުވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ. ބެންގަލޫރު ފުލުހުން މި މައްސަލަ ތަހުގީގު ކު...

01 Jul 2026 | 12:03
ކުޑަކުދިން ބަލަހައްޓާ ސެންޓަރުތަކުގައި ކުޑަކުދިންނަށް އަނިޔާ ކުރުމުގެ ހާދިސާތައް ހިނގުމަކީ އިންޑިއާގައި އާންމު ކަމެއް --

ކުޑަކުދިން ބަލަހައްޓާ ސެންޓަރުތަކުގައި ކުޑަކުދިންނަށް އަނިޔާ ކުރުމުގެ ހާދިސާތައް ހިނގުމަކީ އިންޑިއާގައި އާންމު ކަމެއް --

އިންޑިއާގެ ބެންގަލޫރޫގެ ޑޭކެއާ ސެންޓަރެއްގައި ކުޑަކުދިންތަކަކަށް އަނިޔާކޮށް ބެލެހެއްޓުމުގައި އިހުމާލުވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ބެންގަލޫރު ފުލުހުން މި މައްސަލަ ތަހުގީގު ކުރަން ފެށީ އެ ސެންޓަރުގެ ސީސީޓީވީ ފުޓޭޖުތަކެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ފުލުހުންގެ ސަމާލުކަމަށް ބަޔަކު ގެނައުމުންނެވެ.

އެ ވީޑިއޯގައި ބުނެފައިވާ ގޮތުގައި އެމީހުން ކުދިންނަށް އަނިޔާކޮށް އަދަބު ދެނީ ބުނާ ގޮތް ނުހަދައި, ރޯތީ އެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި އަނިޔާ ލިބެމުންދާ ކުދިންގެ އުމުރަކީ ގާތްގަނޑަކަށް ދެ އަހަރާއި ތިން އަހަރާއި ދެމެދެވެ.

އެ ކުދިން ރޯންފެށުމުން ކުރިމައްޗަށް ހުޅުވާ ދޮންނަ މެޝިނަށް ކުދިން ލައި ދޮރު ލެއްޕުމާއި ފާހާނާގައި ބަންދު ކުރުމުގެ އިތުރުން ރުއިމުގެ އަޑު ކަނޑުވަން ޕްރެޝަރުގައި ކުދިންގެ އަނގަޔަށް ފެން ޖަހާތަން ފެނެ އެވެ.

އައިޓީ ކުންފުންޏެއްގެ އިމާރާތެއްގެ ހޯލުގައި ހުންނަ މި ޑޭކެއާ ސެންޓަރުގައި ހިންގާ ރަހުމް ކުޑަ އަމަލުތަކާއި ގުޅިގެން އެ ތަނުގައި މަސައްކަތް ކުރާ ފަސް އަންހެން މުވައްޒަފުން ވަނީ ހައްޔަރު ކޮށްފައި އެވެ.

ބެންގަލޫރޫ ފުލުހުން މީޑިއާގައި ބުނީ އެތަނަށް ގެންދާ ކުދިންނަކީ އެ އައިޓީ ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ދަރިންނެވެ.

ފުލުހުން މި  މައްސަލަ ތަހުގީގު ކުރަމުންދަނީ ދެ މައްސަލައެއްގެ ގޮތުގައި އެވެ. އެއީ ކުޑަކުދިންތަކަކަށް އިހުމާލުވުމާއި ދެއަހަރުގެ ކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަ ވަކިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް