މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުހައްމަދު ފަރުސަތު --
މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ މެޗުތައް ގެނެސްދިނުމުގައި އިސްލާމީ އަޚުލާގީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވޯލްޑްކަޕްގެ ފޯރި ގަދަވަމުން އަންނަ މި ދަނޑިވަޅުގައި މެޗުތައް ބްރޯޑްކާސްޓްކުރުމާއި ޚަބަރު ފެތުރުމުގައި އިސްލާމީ އަޚުލާގީ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހައި ބްރޯޑްކާސްޓަރުންނާއި ނޫސްތަކަށް އިލްތިމާސްކުރާ ކަމަށެވެ.
އެގޮތުން މެޗުތައް ދުރަށް ފޮނުވަމުން ދާއިރު އަޚުލާގީ މިންގަނޑާ ޚިލާފު އަޑުތަކާއި މަންޒަރުތަކަށް ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުން ސަމާލުވުމަށް އަންގާފައިވެ އެވެ. އަދި ވޯލްޑްކަޕްގެ ޚަބަރާއި މަޢުލޫމާތު ގެނެސްދޭއިރު ވެސް އިސްލާމްދީނާއި ނޫސްވެރިކަމުގެ އަޚުލާގީ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިން ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށް ބްރޯޑްކާސްޓަރުންނާއި ނޫސްތަކަށް އިލްތިމާސްކުރެއެވެ.
ރާއްޖޭގައި މިފަހަރުގެ ވޯލްޑްކަޕް ދެއްކުމުގެ ހުއްދަ އޮތީ ހަމައެކަނި ދައުލަތުގެ މީޑިއާ ޕީއެސްއެމް އާއި މީޑިއާނެޓަށެވެ.
މިދިޔަ މަހުގެ 11 ގައި ފެށި މި ވޯލްޑްކަޕް މި މަހުގެ 19 އާ ހަމައަށް ކުރިއަށްދާނެއެވެ. އެމެރިކާ ކެނެޑާ އަދި މެކްސިކޯގައި ކުޅެމުންދާ މި މުބާރާތުގައި މިހާރު ކުރިއަށްދަނީ ގަދަ 16 ކަނޑައަޅާ މެޗުތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް