ފާމަސީތައް ބަދަލުކޮށް ސްޓޭޓް ފާމަސީގެ ހިދުމަތް ރަސްމީކޮށް ފަށައިފި

އެސްޓީއޯއިން ހިންގަމުން އައި ބޭސްފިހާރަތައް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނަށް ރަސްމީކޮށް ބަދަލުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ. ސަރުކާރުން ވަނީ ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މ...

01 Jul 2026 | 09:42
ފާމަސީއެެއްގައި ބޭސް ވިއްކަން ބަހައްޓާފައި --

ފާމަސީއެެއްގައި ބޭސް ވިއްކަން ބަހައްޓާފައި --

އެސްޓީއޯއިން ހިންގަމުން އައި ބޭސްފިހާރަތައް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނަށް ރަސްމީކޮށް ބަދަލުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

ސަރުކާރުން ވަނީ ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނާ ހަވާލުކޮށްފައެވެ. މިއަދުން ފެށިގެން އެސްޓީއޯއިން މީގެ ކުރިން ކުރަމުން އައި ބޭސް އެތެރެ ކުރުމާއި ބޭސް ފިހާރަތައް ހިންގުމަށް ހަމަޖެހިފައިވަނީ އެ ކުންފުނީގެ ދަށުންނެވެ.

މި ނިންމުމާއި އެކު އެސްޓީއޯގެ ދަށުން ހިންގަމުން އައި 193 ފާމަސީއެއް ވަނީ ސްޓޭޓް ފާމަސީއަށް ބަދަލުކޮށްފައި އެވެ.

އެ ކުންފުނިން ކުރި ދިރާސާއިން ދައްކާ ގޮތުގައި ރާއްޖޭގައި ބޭނުންކުރާ ބޭހުގެ ތެރެއިން އެސްޓީއޯގައި ރެޖިސްޓަރކޮށްފައިވަނީ އެންމެ 25 އިންސައްތަ ބޭހެވެ. މިކަމަށް ހައްލެއް ގެނައުމަށް އަމިއްލަ ފަރާތްތަކާ ގުޅިގެން އަގުތައް ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މީގެ އިތުރުން ބޭސް ސިޓީތަކަށް ބޭސް ފޯރުކޮށްދިނުމަށް ޚާއްޞަ ހޮޓްލައިން ނަންބަރު 1050 ގެ ޚިދުމަތް ވެސް މިހާރު ވަނީ ފަށައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް