ސިނގިރޭޓުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރާ ބިލު މަޖިލީހުން ފާސްކޮށްފި

މި ސަރުކާރުން ބޮޑުކުރި ސިނގިރޭޓަކުން ނަގާ އަށް ރުފިޔާގެ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް މި އިސްލާހު ގެންނަން ސަރުކާރ...

01 Jul 2026 | 07:55
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ: މަޖިލިސް

މި ސަރުކާރުން ބޮޑުކުރި ސިނގިރޭޓަކުން ނަގާ އަށް ރުފިޔާގެ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް މި އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ހުށަހެޅީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުއެވެ. ބިލު ދިރާސާ ކުރުމަށް މުޅީ މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމުން ކޮމިޓީން ބިލު ފާސް ކުރީ ޖެހިގެން އައި ބުދަ ދުވަހު އެވެ.

މިއަދުގެ ޖަލްސާގައި މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާޤުންނެވެ.

މި އިސްލާހުގެ ދަށުން ސިނގިރޭޓާއި ބިޑީގެ އިތުރުން ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ބަދަލުކޮށް އެޑްވެލޮރަމް ޑިއުޓީ 30 އިންސައްތައަށް ކަނޑައެޅުމަށް ހުށަހަޅާފައިވެއެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށް އެހީތެރިވެދޭ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗް ފަދަ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީ މައާފުކުރުން ވެސް މި ބިލުގައި ހިމެނެއެވެ.

ނޮވެމްބަރު 2024 ގައި ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމާ އެކު ސިނގިރޭޓް ފޮއްޓެއްގެ އަގު 110 ރުފިޔާއިން 250 ރުފިޔާއަށް އުފުލުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް