ދަމަނަވެށީގެ ޚިދުމަތް މިއަދުން ފެށިގެން ލިބޭނީ އަރބަން ޕްރައިމަރީ ހެލްތު ސެންޓަރުން

ދަމަނަވެށި އިމާރާތުން ފޯރުކޮށްދެމުން ގެންދިޔަ ހުރިހާ ޚިދުމަތެއް، މިއަދުން ފެށިގެން ވަގުތީ ގޮތުން އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރު (މާފަންނު) އަށް ބަދަލުކޮށްފައިވާ ކަމަށް އިންދިރާ ގާންދީ މެމޯރިއ...

01 Jun 2026 | 09:39
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހުޅުވިގެންދިޔަ އާބަން ޕްރައިމަރީ ހެލްތު ސެންޓަރު - ފޮޓޯ: ރައީސް އޮފީސް

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހުޅުވިގެންދިޔަ އާބަން ޕްރައިމަރީ ހެލްތު ސެންޓަރު - ފޮޓޯ: ރައީސް އޮފީސް

ދަމަނަވެށި އިމާރާތުން ފޯރުކޮށްދެމުން ގެންދިޔަ ހުރިހާ ޚިދުމަތެއް، މިއަދުން ފެށިގެން ވަގުތީ ގޮތުން އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރު (މާފަންނު) އަށް ބަދަލުކޮށްފައިވާ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު އިޢުލާނުގައި ބުނެފައި ވަނީ، ދަމަނަވެށި އިމާރާތުގައި ދެމުން ގެންދިޔަ ޚިދުމަތްތައް މާފަންނު ހެލްތު ސެންޓަރަށް ބަދަލުކުރީ މިއަދު، އެއް ޖޫން 2026 އިން ފެށިގެން ކަމަށެވެ.

މި ބަދަލަކީ ވަގުތީ ބަދަލެއް ކަމަށާއި، އިތުރު އެންގުމެއް ކުރެވެންދެން ޚިދުމަތް ލިބޭނީ މާފަންނު ސެންޓަރުން ކަމަށް ވެސް އެ އިޢުލާނުގައިވެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް 3335335 އަށް ގުޅުމަށް އައިޖީއެމްއެޗުން ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް