އިލެކްޝަންސްގެ ރައީސްކަމާއި މެންބަރުކަމުން ޒާހިދު އިސްތިޢުފާ ދެއްވައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްކަމާއި މެންބަރުކަމުން މުޙައްމަދު ޒާހިދު މިއަދު އިސްތިޢުފާ ދެއްވައިފިއެވެ. މިކަން ހާމަކުރައްވައި އީސީގެ މީޑިއާ އޮފިސަރު ނޫސްތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފަ...

01 May 2026 | 10:30
މުޙައްމަދު ޒާހިދު -

މުޙައްމަދު ޒާހިދު -

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްކަމާއި މެންބަރުކަމުން މުޙައްމަދު ޒާހިދު މިއަދު އިސްތިޢުފާ ދެއްވައިފިއެވެ.

މިކަން ހާމަކުރައްވައި އީސީގެ މީޑިއާ އޮފިސަރު ނޫސްތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ، މިއަދުން ފެށިގެން ޒާހިދު އިސްތިޢުފާ ދެއްވިކަން ކޮމިޝަނަށް އަންގަވާފައިވާ ކަމަށެވެ. އެހެން ނަމަވެސް، އިސްތިޢުފާ ދެއްވި ސަބަބު އޭނާ ހާމަކުރައްވާފައި ނުވެއެވެ.

އިތުރު ތަފްސީލު ދެއްވަމުން ކޮމިޝަންގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ވިދާޅުވީ، އިސްތިޢުފާ ދެއްވިކަން އެނގޭ ވަރަށް އެކަނި ޒާހިދު ކޮމިޝަނަށް އަންގަވާފައި ވާ ކަމަށެވެ. އިސްތިޢުފާ ދެއްވި ސަބަބެއް ވިދާޅު ނުވާ ކަމަށާއި، މިއަދުން ފެށިގެން އިސްތިޢުފާ ދެއްވި ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވި އިތުބާރަށް ޝުކުރު އަދާކުރައްވާ ކަމަށް ޒާހިދު ވިދާޅުވި ކަމަށް ޞަލާޙު ވިދާޅުވިއެވެ. އަދި އިތުރު ވަކި ވާހަކައެއް ނުވަތަ ކަމެއް ޒާހިދު ވިދާޅުވެފައި ނުވާތީ، ކޮމިޝަނަށް އެންގެވި ގޮތަށް އެ މެސެޖު ޙިއްޞާކުރެއްވީ ކަމަށް ޞަލާޙު ވިދާޅުވިއެވެ.

ޒާހިދު އީސީގެ މެންބަރުކަމަށާއި ރައީސްކަމަށް ޢައްޔަންކުރެއްވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހުއެވެ. ޒާހިދުގެ ރައީސްކަމުގައި އީސީން ކުރިއަށް ގެންދިޔަ އެންމެ ފަހުގެ އިންތިޚާބަކީ، މިދިޔަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބެވެ. އެ ދުވަހު، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްފަހަރާ ބޭއްވުމަށް ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމާ ބެހޭ ފެންނަ ނުފެންނަ ވޯޓެއް ވެސް ބޭއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް