N/A
މިއަދު ދިވެހިރާއްޖެ ދެކެމުންދާ ކުރިއެރުންތައް މި ޤައުމަށް ގެނެސްދިނީ ވެސް، އަދި މާދަމާއަށް ދިވެހިން ކުރާ ޢުންމީދުތައް ހަޤީޤަތަކަށް ހަދައިދެވޭނީ ވެސް ހީވާގި މަސައްކަތްތެރިންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، އަމިއްލަ ނަފްސާއި ޢާއިލާގެ ފުދުންތެރިކަމަށްޓަކައި، އަދި ޤައުމުގެ ލާބައާއި މަންފާއަށްޓަކައި ކޮންމެ ދާއިރާއެއްގައި ބުރައުފުލާ ކޮންމެ މަސައްކަތްތެރިއަކީ ވެސް ޝަރަފްވެރިއެއް ކަމަށާއި، އެއީ މި ޤައުމުން އަގުވަޒަންކުރާނެ ޚިދުމަތްތެރިއެއް ކަމަށެވެ. އަދި ހީވާގި މަސައްކަތްތެރިންގެ ބުރަ މަސައްކަތަށްޓަކައި، ހިތުގެ އިޚްލާޞްތެރިކަމާ އެކު ޝުކުރު ދަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ހުރިހާ މަސައްކަތްތެރިންނަށް ރައީސް ވަނީ އަރިސްކުރައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް