ފުލުހުންގެ ހެކިބަސް ދޭން ކޯޓަށް ހާޒިރުވުުން ލާޒިމެއް ނޫން: ސުޕްރީމް ކޯޓު

ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާ ފުލުހުންނަށް، ކޯޓަށް ހާޒިރުނުވެ ޕޮލިސް ސްޓޭޝަންތަކުގައި ތިބެގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ދެވޭ ގޮތަށް ސުޕްރީމް ކޯޓުން ހަމަޖައްސައިފިއެވެ. ސުޕްރީމ...

01 Apr 2026 | 16:10
ދިވެހި ދެ ފުލުހަކު މަގުމަތީގައި - ފައިލް ފޮޓޯ: ދުވަސް

ދިވެހި ދެ ފުލުހަކު މަގުމަތީގައި - ފައިލް ފޮޓޯ: ދުވަސް

ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާ ފުލުހުންނަށް، ކޯޓަށް ހާޒިރުނުވެ ޕޮލިސް ސްޓޭޝަންތަކުގައި ތިބެގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ދެވޭ ގޮތަށް ސުޕްރީމް ކޯޓުން ހަމަޖައްސައިފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ގެނައި ބަދަލަށް ބަލާއިރު، ފުލުހަށް ކޯޓަށް ހާޒިރުވެ ހެކިބަސްދޭ ނުދެވޭ ތިން ހާލަތެއް ބަޔާންކޮށްފައިވެއެވެ: ވަޒީފާގެ ޒިންމާގެ ގޮތުން ކޯޓަށް ހާޒިރު ނުވެވޭ ހާލަތު؛ ހިނގަމުންދާ ތަމްރީނެއް ދޫކޮށްލެވެން ނެތް ހާލަތު؛ އަދި ކޯޓް ހިންގާ ރަށް ނޫން އެހެން ރަށެއްގައި ހުންނަ ހާލަތެވެ.

ކުރިން އެ ގަވާއިދު އޮތްގޮތުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ދެވޭނީ، ދައުވާ ހިމެނޭ ފަރާތްތަކަށް ނޫން ކަމަށްވާ، ކޯޓަށް ހެކިންގެ ގޮތުުގައި ހުށަހަޅާ އެކްސްޕާޓު ފަރާތްތަކަށް އެކަންޏެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަހުގެ ބަދަލާ ހެދި، ދައުލަތުގެ ހެކިންގެ ގޮތުގައި ހުށަހަޅާ ފުލުހުންނަށް ވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ދިނުމުގެ ފުރުސަތު ލިބޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ކުރިން ހިންގި ގަވާއިދު ދަށުން، މަރުގެ މައްސަލަތަކުގައި ހެކިބަސް ދިނުމަށް ކޯޓަށް ހާޒިރުވުން ލާޒިމުކޮށްފައި ވާ ހިނދު، ތަންފީޒުކޮށްފައިވާ ބަދަލުގައި ފުލުހުންނަށް ތަފާތު ރިއާޔަތެއް ދެވިފައި ވުމެވެ. ބަދަލު ގެނެވިފައިވާ ގަވާއިދުގައި، ފުލުުހުންނަށް ހާޒިރުވުން ލާޒިމުކޮށް ދެވިފައިވާ ހާއްސަ ރިއާޔަތެއް ނެތި، މަރުގެ މައްސަލަތަކުގައި ވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ދެވޭ ގޮތަށް ހަމަޖެހިގެން ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް