އެކްސިޑެންޓް ހިނގި ސަރަހައްދު - ފޮޓޯ: ލާމު އެމްވީ
ލ. ގަމު ތުނޑީ ލިންކް ރޯޑުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި ފުލުހުންނަށް މި ހާދިސާ ރިޕޯޓުކޮށްފައިވަނީ ރޭ 21:36 އެހައިކަންހާއިރުއެވެ. ދުވަހަށް އެނގިފައިވާގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 52 އަހަރުގެ އަންހެނަކަށާއި 19 އަހަރުގެ ފިރިހެނަކަށެވެ.
މި ދެ މީހުންނަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް، އެ ހޮސްޕިޓަލުގެ އެމަރޖެންސީ ރޫމްގައި ފަރުވާ ދޭން ފެށިކަމުގެ މަޢުލޫމާތުވެސް ދުވަހަށް ލިބުނެވެ. އެހެން ނަމަވެސް ފަހުގެ އަދާހަމައެއް އަދި ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް