އިދިކޮޅުން މަސައްކަތް ކުރަނީ ޚިޔާލު ހޯދުމުގެ ވޯޓުގެ މަޤްޞަދު އޮޅުވާލަން: ޕީއެންސީ

އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނަގާ މަޤްޞަދު އޮޅުވާލަންކަމަށް ވެރިކަން ކުރާ ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ. އަންނަ މަހު ނ...

01 Mar 2026 | 17:42
ޕީއެންސީ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީ ޕީޖީ ލީޑަރ އިނގުރައިދޫ ދާއިރާގެ މެންބަރ އިބްރާހިމް ފަލާހު ވާހަކަ ދައްކަވަނީ /ފޮޓޯ: ޕީއެންސީ

ޕީއެންސީ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީ ޕީޖީ ލީޑަރ އިނގުރައިދޫ ދާއިރާގެ މެންބަރ އިބްރާހިމް ފަލާހު ވާހަކަ ދައްކަވަނީ /ފޮޓޯ: ޕީއެންސީ

އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ރައްޔިތުންގެ

ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނަގާ މަޤްޞަދު އޮޅުވާލަންކަމަށް ވެރިކަން ކުރާ

ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.

އަންނަ

މަހު ނަގާ ޚިޔާލު ހޯދުމުގެ ވޯޓުގައި، އެޕާޓީން ތާޢީދު ކުރަނީ ރިޔާސީ އިންތިޚާބާއި

މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ކަމަށް ރަސްމީކޮށް ޕީއެންސީއިން

ވަނީ އިޢުލާންކޮށްފައެވެ.

އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް

އިންތިޚާބާއިއެކު، ޤާނޫނު އަސާސީއަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލް

ރައީސުލްޖުމްހޫރިއްޔާ ތަސްދިޤު ކުރަން ފެނޭތޯ ބެލުމަށް އާންމުންގެ ޚިޔާލު ހޯދުމުގެ

ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ

މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ބަހެއް

ހޯދުމަށް ބާއްވާ ވޯޓެކެވެ.

މިކަމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި

ޕީއެންސީގެ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން މެނޭޖަރ އަދި އިނގުރައިދޫ ދާއިރާގެ

މެންބަރ އިބްރާހިމް ފަލާޙް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މިހާރު މިކަމާ

ދެކޮޅަށް ނުކުމެފައިވީ ނަމަވެސް، މިއީ މީގެ ކުރިން އެފަރާތްތަކުންވެސް ތާޢީދުކުރި

ކަމެއް ކަމަށެވެ. "މި މައްސަލައަކީ އަޅުގަނޑުމެން ޤާނޫނު އަސާސީއަށް އިސްލާހު

ގެނައުމުގެ ކުރީގެ ހުރިހާ ސިޔާސީ ޕާޓީއެއްވެސް، ހުރިހާ ވެރިންވެސް ވަރަށް ބޮޑަށް އިއްތިފާޤު

ވެފައި އޮތް މައްސަލައެއް މިއީ،" ފަލާޙް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން މިއީ ރިޔާސީ ދައުރު ދަންމާލުމަށް

ކުރާ ކަމެއްގެ ގޮތުގައި ސިފަކުރަމުންދާ ދިއުމަށް ރައްދު ދެއްވަމުން ފަލާޙް

ވިދާޅުވީ، ޚިޔާލު ހޯދުމުގެ ވޯޓާއި ދައުރު ދަންމާލުމާ އެއްވެސް ގުޅުމެއް ނެތް

ކަމަށެވެ. އަދި އިންތިޚާބުތައް މަދުކުރުމަކީ ރައްޔިތުން ގާތަށް ދާންޖެހޭ މިންވަރު

މަދުކުރުން ކަމަށް ބުނާ ވާހަކަވެސް ޕީއެންސީން ވަނީ ދޮގުކޮށްފައެވެ.

ފަލާޙް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދެ އިންތިޚާބު

އެއްކޮށްލި ނަމަވެސް، ދައުރުގެ މެދުތެރެއިން ރައްޔިތުންގެ ބަސް އިއްވުމަށް ލޯކަލް

ކައުންސިލް އިންތިޚާބުގެ ފުރުސަތު އޮންނާނެއެވެ. "ރިޔާސީ ދައުރުގައި މެދުގައި އެބައާދޭ ލޯކަލް ކައުންސިލް

އިންތިޚާބު... އެހެންވީމަ ދައުރެއްގެ މެދުތެރޭގައި ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ

ބޮޑު އިންތިޚާބަކީ ލޯކަލް ކައުންސިލް އިންތިޚާބު،" އޭނާ ވިދާޅުވިއެވެ.

ޕީއެންސީން ނިންމާފައިވަނީ ފެންނަ ނުފެންނަ ވޯޓުގައި ދެ

އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ތާޢީދުކުރުމަށެވެ. އަދި މި ބަދަލަށް

ރައްޔިތުންގެ ބޮޑު ތާޢީދެއް އޮތްކަމަށްވެސް އެޕާޓީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް