މޯދީ ރާއްޖޭގައި - ފައިލް ފޮޓޯ: ދުވަސް
އިންޑިއާއިން އެ ޤައުމުގެ ބަޖެޓުން ރާއްޖެއަށް ދޭ
އެހީ މި އަހަރު ކުޑަކޮށް ދަށްކޮށްފިއެވެ.
އެގޮތުން މި އަހަރަށް ރާއްޖެއަށް
ކަނޑައެޅި އަދަދަކީ 550 ކްރޯޑް ރުޕީސްއެވެ. މިދިޔަ އަހަރު ކަނޑައެޅީ 600 ކްރޯޑް
ރުޕީސް އެވެ. ހަމަ އެހެންމެ އޭގެ ކުރީގެ އަހަރުގައިވެސް ކަނޑައެޅީ 600 ކްރޯޑް
ރުޕީސް އެވެ.
އެހެންކަމުން މި އަހަރު
މިވަނި އަދަދުން 50 ކްރޯޑް ރުޕީސް ދަށްކޮށްފައެވެ.
ސަރަހައްދުގެ އެހެން
ޤައުމުތަކަށް ކަނޑައެޅި އަދަދުތަކަށް ބަލައިލާއިރު ބަންގްލަދޭޝް އަށް ކަނޑައެޅި
އަދަދު ވަނީ ކުރީ އަހަރާއި އަޅާ ބަލާއިރު 50 އިންސައްތަ ދަށްކޮށްފައެވެ. އެއީ 120
ކްރޯޑް ރުޕީސް އިން 60 ކްރޯޑް ރުޕީސް އަށް ދަށްކުރި ކުރުމެކެވެ.
ބޫޓާނަށަށާއި ނޭޕާލާއި
ސްރީ ލަންކާއަށް އެހީގެ އަދަދު މަތި ކުރިއެވެ. އެގޮތުން ބޫޓާނަށް މި އަހަރު 2289
ކްރޯޑް ރުޕީސް ކަނޑައަޅާފައިވެއެވެ. މިދިޔަ އަހަރު ކަނޑައެޅީ 2150 ކްރޯޑް ރުޕީސް
އެވެ.
ނޭޕާލަށް 700 ކްރޯޑް ރުޕީސް
އިން 800 ކްރޯޑް ރުޕީސް އަށް މަތިކޮށްފައިވެއެވެ. ސްރީ ލަންކާއަށް 300 ކްރޯޑް
ރުޕީސް އިން 400 ކްރޯޑް ރުޕީސް އަށް މަތިކުރިއެވެ.
އެއް ކްރޯޑް ރުޕީސް އަކީ
ދިވެހި ރުފިޔާއިން ބަލާނަމަ 1.68 މިލިޔަން ރުފިޔާއެވެ. 550 ކްރޯޑް ރުޕީސް އަކީ
ގާތްގަނޑަކަށް 925 މިލިޔަން ރުފިޔާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް