ތިލަފުށީ ކުނިތަކުގެ ތެރޭގައި ބިދޭސީ މީހާ ނިޔާވި ހާދިސާ – ކަން ހިނގިގޮތް ކޮންމެވެސް ވަރަކަށް ސާފުވެ އެކަކު ހައްޔަރު

ތިލަފުށީ ކުނި ސައިޓެއްގައި ބިދޭސީއަކު ނިޔާވި ހިތާމަވެރި ހާދިސާއާއި ގުޅޭ ބައެއް ތަފުސީލުތައް ފުލުހުން މިއަދު ހިއްސާކޮށްފިއެވެ. މީޑިއާތަކަށް މަޢުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނެފައިވަނީ ތިލަފުށި ވެމް...

01 Feb 2026 | 07:08
N/A

N/A

ތިލަފުށީ ކުނި ސައިޓެއްގައި ބިދޭސީއަކު ނިޔާވި

ހިތާމަވެރި ހާދިސާއާއި ގުޅޭ ބައެއް ތަފުސީލުތައް ފުލުހުން މިއަދު

ހިއްސާކޮށްފިއެވެ.

މީޑިއާތަކަށް މަޢުލޫމާތު ހިއްސާކުރަމުން ފުލުހުން

ބުނެފައިވަނީ ތިލަފުށި ވެމްކޯ ސައިޓްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ

އަމީން މިއާ ގެއްލިގެން ހޯދަމުންދަނިކޮށް ނިޔާވެފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަމީން މިއާ ނިޔާވުމަށް މެދުވެރިވެފައިވަނީ

2026 ޖެނުއަރީ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ

ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން

ޖެހި ވެއްޓި، އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ

ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް

އެޅިގެން ހިނގި ހާދިސާއެއްގައި ކަމަށެވެ.

:ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން

ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް

މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވޭ" ފުލުހުން

ބުނެފައިވެއެވެ.

މައްސަލައާ ގުޅިގެން އެކްސްކެވޭޓަރު އޮޕަރޭޓްކުރި ފަރާތް

ކޯޓު އަމުރެއްގެ ދަށުން މިހާރު ވަނީ ހައްޔަރުކޮށްފައިވާކަމަށާއި ހައްޔަރު ކޮށްފައިވަނީ

32 އަހަރުގެ ސްރީލަންކާގެ ރައްޔިތެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް