އަލިފާނުގެ ހާދިސާ ހިނގި ގުދަނުގައި އެމްއެންޑީއެފްގެ ފަަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަނީ - ފޮޓޯ: އެމްއެންޑީއެފް
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ގުދަނެއްގައި އަލިފާނުގެ
ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭގެ ދަންވަރުގެ
ވަގުތެއްގައެވެ. ހާދިސާ ހިނގީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޗަނބޭލީ ފަސް ވަނަ
ގޯޅީތެރޭގައި ހުރި ލޮޓް ނަންބަރު 11154 ގޭގައި ހުރި ގުދަނެއްގައެވެ.
އެމްއެންޑީއެފުން ބުނެފައިވާގޮތުގައި އެ ހާދިސާގެ
މަޢުލޫމާތު ލިބުނީ މެންދަމު 3:30 ހާއިރުގައެވެ. ދިހަ ވަރަކަށް މިނެޓު ތެރޭގައި އަލިފާން
ނިއްވާލެވުނު ކަމަށް ބުނެފައިވެއެވެ.
"އަލިފާން ރޯވެފައި ވަނީ ގުދަނުގެ ބޭރުގައި ހުރި
ކުނިތަކެއްގައި، އަލިފާނުގެ ސަބަބުން ގުދަނުގެ ބިއްލޫގަނޑު ތަޅައިގެންގޮސް ގުދަނުގެ
ތެރެއަށް އަލިފާންގަނޑު ފެތުރި އެތަނުގައި ހުރި މުދަލަށާއި އިމާރާތުގެ ކަރަންޓު ވަޔަރިންގއަށް
ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައި" އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އެ އިމާރާތުގައި ކަރަންޓު ނެތުމުގެ ސަބަބުން އެ އިމާރާތުގައި
ދިރިއުޅޭ ފަރާތްތަކަށް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ދަނީ
އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން އެމްއެންޑީއެފްއިން ފާހަގަކޮށްފައިވެއެވެ.
މި ހާދިސާއާއި ގުޅޭގޮތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް
އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވަނީ އެ އިމާރާތުގެ ދެ އެޕާޓްމަންޓަކުން 21
މީހުންނަށް އެ އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު
ހަމަޖައްސާދީފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް