މުހައްމަދު ޝާހީން

123 POSTS 0 ކޮމެންޓް

ވޯލްޑް ކަޕް ބާއްވާ ރަޝިޔާގެ މައްޗަށް ބްރެޒިލްއަށް ފަސޭހަ މޮޅެއް

ބައިނަލް އަޤުވާމީ އެކުވެރިކަމުގެ މެޗެއްގައި، މި އަހަރު ވޯލްޑް ކަޕް ބާއްވާ ޤައުމު ކަމަށްވާ ރަޝިޔާގެ މައްޗަށް ބްރެޒިލް އިން 3-0 ގެ ނަތީޖާއިން ފަސޭހަ މޮޅެއް ހޯދައިފިއެވެ. އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައިހުރި ބްރެޒިލްގެ ތަރި ނޭމާ ނުލާ އެ ޓީމުން މިރޭ މޮސްކޯގައި ރަޝިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑުތައް ޖަހައިދިނީ މިރަންޑާ، ފިލިއްޕޭ ކުޓީނިއޯ އަދި ޕައުލީނިއޯ އެވެ. މެޗު...

އަނިޔާއިން ސަލާމަތްވެ ހުރެވޭނަމަ ބާސާގެ ފުރަތަމަ 11 ގައި އަދި 2 އަހަރު ހިފަހައްޓާލެވޭނެ: އިނިއެސްޓާ

އަނިޔާއިން ސަލާމަތްވެ ހުރެވޭނަމަ ކުރިއަށް އޮތް 2 އަހަރު ދުވަހު ވެސް ބާސެލޯނާގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެވޭނެކަމަށް ގަބޫލުކުރާކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރ އަންދުރޭ އިނިއެސްޓާ ބުނެފިއެވެ. އިންޓަނޭޝަނަލް ބްރޭކްގެ ތެރޭގައި ޖަރުމަނާއި އާޖެންޓީނާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކަށް ތައްޔާރުވުމަށް މި ވަގުތު ސްޕެއިންގެ ޤައުމީ ޓީމާއެކު ފަރިތަކުރުންތަކުގައި ބައިވެރިވަމުން އަންނަ އިނިއެސްޓާ ވަނީ...

ތުންތުންމަތިން: ޓްރާންސްފާގެ ވާހަކަތައް!

ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ ޔޫރަޕްގެ ފުޓްބޯޅައިގައި އަބަދު ވެސް ޓްރާންސްފާ ރޫމާ ތަކަކީ ހުއްޓުމެއް ނެތި ތިލަވޭވޭ ހުންނަ ޚަބަރުތަކެކެވެ. ޚާއްސަކޮށް މަޝްހޫރު ކުޅުންތެރިންނާއި ކުލަބްތަކާ ގުޅުވައިގެން ތުންތުންމަތިން ދެކެވޭ މިފަދަ ވާހަކަތަކުގެ އަޑު ޓްރާންސްފާ ބާޒާރު ހުޅުވުމާ ގާތްވާވަރަކަށް އޮންނަނީ ގަދަވެފައެވެ. ގިނަ ފަހަރު މިފަދަ ހަގީގަތަކަށް ނުވިޔަސްވެހެވެ. މި ބަލައިލަނީ ޔޫރަޕްގެ ފުޓްބޯޅައިގައި މި ވަގުތު އެންމެ...

ސަޅި އިންޓަނޭޝަނަލް ބްރޭކެއް. ފޯރިގަދަ ވާދަވެރި މެޗުތަކެއް

ޔޫރަޕްގެ ބޮޑެތި ލީގުތަކުގެ އެންމެ ފޯރިގަދަ ހިސާބަށް ގޮސްފައިވަނިކޮށް ކުރިމަތި މިވީ ފީފާ އިން ރަސްމީކޮށް ކަނޑައަޅާފައިވާ އިންޓަނޭޝަނަލް ބްރޭކާއެވެ. ސީޒަންގެ ފަހުކޮޅު ބައިނަލް އަޤުވާމީ ރަސްމީ ނުވަތަ އެކުވެރިކަމުގެ މެޗުތަކަށް ފީފާއިން މާރޗް 19 ން 27 ށް އިންޓަނޭޝަނަލް ބްރޭކެއް ތާވަލު ކޮށްފައި އޮތުމުން، މިއީ ފަހަރެއްގައި ކްލަބް ފުޓްބޯޅައަށް ލޯބި ކުރާ ފަރާތްތަކަށް ލިބޭ މާޔޫސް ކަމަކާއި...

ކުއާޓާ ފައިނަލްގައި އިނގިރޭސި ގަދަ 2 ބާރު އަދި ރެއާލް އާއި ޔުވެންޓަސްގެ ކުރިމަތިލުމެއް!

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އިނގިރޭސި ގަދަ 2 ބާރު ކަމަށްވާ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް ބައްދަލުކުރަން ޖެހުނުއިރު، އެންމެ ފަހުގެ ޗެމްޕިއަންސް ރެއާލް މެޑްރިޑަށް އިޓަލީގެ ގަދަބާރު ޔުވެންޓަސްއާ ވާދަކުރަން ޖެހިއްޖެއެވެ. ޓީމުތައް ސީޑް ކުރުމަކާ ނުލާ މިއަދު ސްވިޒަލޭންޑްގައި ހުންނަ ޔުއެފާގެ ހެޑްކުއާޓާގައި ކުރިއަށް ދިޔަ ގުރުނެގުމުގެ ރަސްމިއްޔާތުގައި ގުރު ނަގައިދިނީ ފައިނަލް އެމްބެސެޑަރ އަންދްރީ ޝެވްޗެންކޯ އެވެ. ކުއާޓާ...

މެސީގެ 100 ވަނަ ލަނޑާއެކު ބާސާ ކުއާޓާ ފައިނަލަށް

ޗެމްޕިއަންސް ލީގުގައި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ކާމިޔާބު ކުރި 100 ވަނަ ލަނޑާއެކު ޗެލްސީ އަތުން 3-0 އިން މޮޅުވެ ބާސެލޯނާ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. މި ދެ ޓީމު ފުރަތަމަ ލެގުގައި ޗެލްސީ ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. ރޭގެ މެޗުގައި ބާސެލޯނާގެ ޑިފެންސް ލައިން ވަރަށް އޯގަނައިޒްކޮށް ފެނުނުއިރު، ކުރިއަށް...

އުފަންވުމުން… 20 ވަނަ ބައި

" ދެން މި ތާނގައި މަޑު ނުކޮށް އަވަހަށްދޭ. މިއީ އެއްވެސް ޔަގީންކަމެއް އޮތް ކަމެއް ނޫން. އަހަރެން ބޭނުމެއް ނޫން، އަހަރެންގެ އަތުން ތި ދެބެންނަށް އެއްވެސް ގެއްލުމެއް ވާކަށް.. " އައިމަން މަޑުމައިތިރިކަމާއި މަޑުމޮޅި ކަމާއެކު އޭނާގެ ހިތުގެ ޝުއޫރު އަސަރުން ފުރިގެންވާ ހާލު ބަޔާންކުރަމުން ދިޔައެވެ. ބުރަ މަސައްކަތަކަށްފަހު ދާހިއްލާފައި ހުރި ނާއިލްއާ ނާއިލާ އޭނާގެ ކުރިމަތީގައި ހުއްޓި...

ޔުނައިޓެޑް ކަޓުވާލުމަށްފަހު ސެވިއްޔާ ކުއާޓާ ފައިނަލަށް

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ރަށުން ބޭރުގައި އިނގިރޭސި ގަދަބާރު މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ސްޕެއިންގެ ސެވިއްޔާ ކުއާޓާ ފައިނަލުގެ ޖާގަ ހޯދައިފިއެވެ. ސެވިއްޔާ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު ލަނޑެއް ނުޖެހި އެއްވަރު ވެފައިވަނިކޮށް، ރޭ އޯލްޑްޓްރޮފޯޑްގައި ކުޅުނު މެޗުން ސެވިއްޔާ ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ. ރޭގެ މެޗުގައި ސެވިއްޔާއަށް ދެ ލަނޑު...

އުފަންވުމުން… 19 ވަނަ ބައި

" އައިމަން.. އަހަރެން ސުވާލެއް ކޮށްލަންތަ؟ " ނާއިލާ މަޑުމަޑުން އައިމަންއާ ވާހަކަ ދެއްކިއެވެ. ހެނދުނުގެ ނާސްތާއަށް އިންސާފުކުރަމުން ދިޔައިރު އެ ދެ މީހުންގެ ދެމެދުގައި މިހާތަނަށް އޮތީ ހަމަހިމޭންކަމެކެވެ. " ހޫމމމމ. އަހާބަލަ.. " އަނގަޔަށްލީ ރޮށިކޮޅު ހަފާލަމުން އައިމަން ނާއިލާއާ ދިމާލަށް އެނބުރިލިއެވެ. " މިއަދު އައިމަންއަށް ތަފާތު އެއްވެސް ކަމެއް ނުވޭތަ؟ މިބުނީ... " ނާއިލާ ވާހަކަ މެދުކަނޑާލިއެވެ. " އެނގޭ...

2 ވަނަ ލެގް އެއްވަރުވިޔަސް އުނދަގުލަކާ ނުލާ ލިވަޕޫލް ކުއާޓާ ފައިނަލަށް ދަތުރުކޮށްފި

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ރޭ ޕޯޓޯ އާއި ދެކޮޅަށް ކުޅުނު މެޗުން ލަނޑެއް ނުޖެހި އެއްވަރުވިޔަސް، ދެ ލެގުގެ އެގްރިގޭޓުން ތަފާތު ބޮޑުކޮށް ކުރި ހޯދާ، އުނދަގުލަކާ ނުލާ ލިވަޕޫލް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. މީގެ 3 ހަފުތާ ކުރިން ރަށުން ބޭރުގައި ލިވަޕޫލް 5 ލަނޑުގެ ތަފާތުން ޕޯޓޯއަތުން މޮޅުވެފައި އޮތުމާއެކު، ރޭގައި...