އީމާ ވަހީދު

80 POSTS 0 ކޮމެންޓް

މަޖިލީހުގައި އަންހެނުންގެ ބައިވެރިކުރުން އިތުރު ކުރަންޖެހޭ: މިނިސްޓަރ ޝިދާތާ

ައްޔިތުންގެ މަޖިލީހުގައި އަންހެނުންނަށް ވާދަކުރެވޭނެ ވަކި މިންވަރެއް ކަނޑައަޅަން ޖެހޭ ކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ. ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ޝިދާތާ ޝަރީފް ވިދާޅުވިގޮތުގައި، ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ދައުރު ބޮޑުކޮށް، ބައިވެރިވުން އިތުރު ކުރެވޭނީ، ރައްޔިތުންގެ މަޖިލީހުގައި އަންހެނުންނަށް ވާދަކުރެވޭނެ ވަކި އަދަދެއް ކަނޑައެޅިގެން ކަމަށެވެެ. ޝިދާތާ ވިދާޅުވީ އަންހެނުންނަށް ޚާއްސަކޮށް ވަކި އަދަދެއް...

ޔާމީންގެ މެމްބަރުން ގާސިމާއި ބައްދަލުކުރައްވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް ތާއީދު ކުރައްވާ ޕީޕީއެމް އަދި ކޮންގްރަސް ޕާޓީގެ މަޖިލިސް މެންބަރުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާ ބައްދަލު ކުރައްވައިފި އެވެ. ނިހާން ވަނީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ގާސިމް އިބްރާހިމާއި ބައްދަލުކުރައްވައި ފޮޓޯތަކެއް ޓުވީޓް ކޮށްފައެވެ. މި ފަހަކަށް އައިސް ޔާމީންގެ ޕާޓީގައި ހަރަކާތްތެރިވާ...

ރަސްމީ ދަތުރުފުޅެއްގައި މާރިޔާ އިންޑިއާ އަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އިންޑިއާއަށް ފުރައި ވަޑައިގެންފިއެވެ. ޑިފެންސް މިނިސްޓަރ މާރިޔާގެ އަރިހުގައި މިދަތުރުފުޅުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. މައުލޫމާތު ލިބޭގޮތުގައި މި ރަސްމީ ޒިޔާރަތް އެއް ހަފްތާގެ މުއްދަތަކަށް ދެމިގެން ދާނެއެވެ. އެމްއެންޑީއެފުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި، މި ރަސްމީ ޒިޔާރަތުގައި ރާއްޖެ...

ދިވެހި ސިފައިންނަކީ ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމުގައި ނަމޫނާ ބަޔަކަށް ވާންޖެހޭ: ރައީސް

ގާނޫނާ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމުގައި ދިވެހި ސިފައިންނަކީ ނަމޫނާ ބަޔަކަށް ވާންޖެހޭ ކަމަށް ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ދިވެހި ސިފައިންގެ 64 ވަނަ އަސާސީ ތަމްރީން ފުރިހަމަ ކުރި ދަރިވަރުން ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި، ދެއްކެވި ވާހަކުފުޅުގައި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވިގޮތުގައި، ސިފައިންނަށް ގާނޫނާއި ހިލާފް އެއްވެސް...

ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނައިބް ރައީސާއި ބައްދަލުކުރައްވައިފި

ދިވެހި ރާއްޖެއިން ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އުމަރު އަބްދުލް ރައްޒާގު، ނައިބް ރައީސް ފައިސަލް ނަސީމުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޢުމަރު ޢަބްދުލްރައްޒާޤަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ސްރީލަންކާއާއި ރާއްޖެއާއި ދެމެދު އޮތް ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި އެގުޅުން އެމަނިކުފާނުގެ...

މަޖިލިސް އިންތިހާބަށް އޮފިޝަލުން ހޯދުމަށް ހުޅުވައިލައިފި

މިއަހަރުގެ އޭޕްރީލް މަހު ބާއްވަން ހަމަޖެހިފައިވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިއުލާން ކޮށްފިއެވެ. އިލެކްޝަނު ކޮމިޝަނުގެ ފަރާތުން މިމަހުގެ 20 ވަނަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ވާގޮތުގައި، އުމުރުން 18 އަހަރުން މަތީ، އެއްވެސް ޕާޓީއަކަށް ރަޖިސްޓްރީ ކުރެވިފައި ނުވާ އަދި އެއްވެސް ޖިނާއީ ކުށެއް ތަންފީޒު ކުރަމުން ނުދާ ކޮންމެ މީހަކަށް މިފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި...

ޓޫރިޒަމްގެ ގާނޫނުތައް އިސްލާހުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

ޓޫރިޒަމް ދާއިރާގައި ހުރި ބައެއް މުހިންމު ގާނޫނުތައް އިސްލާހުކުރަން ރައްޔިތުންގެ ހިޔާލު ހުށައެޅުމަށް ހުޅުވާލައިފިއެވެ. ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، އިސްލާހު ކުރަން ހަމަޖެހިފައިވާ ގާނޫނުތަކަށް އިސްލާހު ގެންނާނެ ގޮތުގެ، ހިޔާލު ހުށައެޅުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ހުޅުވާލާފާއިވާނެ ކަމަށާއި އަދި މި ފުރުސަތު ހަތް...

ޔާމީނާއި އެކީވެސް މަޝްވަރާތައް ކުރަން ތައްޔާރު: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކޯލިޝަން ހަދަން ރައީސް ޔާމީން ވަޑައިގެންނެވި ނަމަވެސް، އެމަނަކުފާނާއި އެކުވެސް ވާހަކަ ދައްކައި، މަޖިލިސް އިންތިހާބަށް ނިކުންނަވަން ތައްޔާރަށް ހުރިކަމަށް ގާސިމް އިބްރާހިމް ބުނެފިއެވެ. ރޭ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވި ބައެއް ބޭފުޅުންގެ ފޯމްތައް ބަލައިގަތުމަށް، ޖޭޕީގެ ހަރުގޭގައި ބޭއްވި ހަފްލާއެއްގައި، އެމަނިކުފާނާއި ޔާމީން އާއި އެކީ ގުޅިވަޑައިގަންނަވާނަންތޯ އެއްސެވުނުން ބުނުއްވީ، އެމަނިކުފާނު ހުންނެވީ ހުރިހާ ބޭފުޅުންނާއި...

ފާރުތައް އުސްކުރަނީ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކުރާގޭގެ ވަށާ ފާރު އަށްފޫޓަށް އުސްކުރަނީ ސަލާމަތީ ކަންކަން ވަރުގަދަކުރަން ކަމުގައި ބުނެފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ހުޅަނގު ފަރާތު ފާރާއި، އަދި އިރުމަތީ ފަރާތު ފާރު އުސްކުރަން ހަވާލުކޮށްފައިވަނީ، ސިފައިންގެ ވެލްފެޔަރ ކުންފުންޏާއި ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތުމަތު ނިއުޝާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ވަށާފާރު އުސްކުރަނީ ސަލާމަތީ ކަންކަން އިތުރަށް ކަށަވަރު ކުރުމަށް ކަމަށްވެސް...

އިންޑިއާއިން ރާއްޖެއަށް އާ ސަފީރަކު ކަނޑައަޅައިފި

އިންޑިއާގެ ފަރާތުން ރާއްޖެއަށް އާ ސަފީރަކު ކަނޑައަޅާފައިވާ ކަމަށް އިންޑިއާއިން ބުނެފިއެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ، ދަ ހިންދޫ ނޫހުގައި ބުނެފައިވާ ގޮތުގައި، އެގައުމުން އަލަށް ރާއްޖެ އަށް ކަނޑައެޅުއްވި ސަފީރަކީ، ޕެޓްރޯލިއަމް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ، އިންޓަނޭޝަނަލް ކޯޕަރޭޝަންސްގެ މަގާމުގައި ހުންނެވި ސަންޖޭ ސުދީރު ކަމަށެވެ. ސަންޖޭ ސުދީރު އަދި ރާއްޖެ ނާންނަ އިރު އަންނާނެ ދުވަހެއް އަދި ސާފެއް ނުވެއެވެ. ހިންދޫ...