ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ: މަޖިލީސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ: މަޖިލީސް

މަޖިލީސް މެންބަރުންގެ ދަފްތަރަށް ބަދަލު އައިކަން އިއުލާންކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރަކު ސިޔާސީ ޕާޓީ ބަދަލުކުރައްވައި ދެ މެންބަރަކު ސިޔާސީ ޕާޓީން ވަކިވެވަޑައިގެންނެވިކަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއުލާން ކުރައްވައިފި އެވެ.

މިއަދު ޖަލްސާގައި، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވީ ކުރީގެ ޖޭޕީގެ ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސައިންއާއި އެމްޑީޕީގެ ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމިން، ޕީޕީއެމްއާ ގުޅިވަޑައިގެންފައިވާ ކަން މަޖިލީހުގެ އިދާރާއަށް ރަސްމީކޮށް އަންގާފައިވާތީ އެކަން އިއުލާން ކުރައްވާ ކަމަށެވެ. ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައި ނުގަންނަވާ މެންބަރެއްގެ ގޮތުގައި ހުންނެވި މަޑަވެލި ދާއިރާގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު، ޕީޕީއެމް އާ ގުޅިވަޑައިގެންނެވިކަން ވެސް އިއުލާން ކުރެއްވި އެވެ.

މީގެއިތުރުން، ޕީޕީއެމް އިން ވަކިކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް އާއި ޕީޕީއެމް އިން ވަކިވެވަޑައިގެންނެވި ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފް މިވަގުތު ހުންނެވީ ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ ގޮތުގައި ކަމަށްވެސް ރައީސް އިއުލާން ކުރެއްވި އެވެ.

މިބަދަލުތަކާއެކު މިހާރު މަޖިލީހުގެ ގޮނޑިތައް ބެހިފައިވާގޮތް ވެސް މިއަދު ރިޔާސަތުން އިއުލާން ކުރެއްވިއެވެ.

އެގޮތުން، މިހާރު ޕީޕީއެމް އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ 44 އެވެ. އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ 22 އެވެ. ޖޭޕީ އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ 11 އެވެ. އެމްޑީއޭ އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ ފަހެކެވެ. އަދި އަދާލަތު ޕާޓީގައި އެއް މެންބަރަކާއި ވަކިޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ ގޮތުގައި ދެ މެންބަރުން މިހާރު މަޖިލީހުގެ ދަފްތަރުގައި ތިބި ކަމަށް ރިޔާސަތު ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *