ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ.
މިކަން ޔަގީންކޮށްދީ މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ އިދިކޮޅު ފަރާތްތަކުން މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ކުރި މުޒާހަރާއާއި ގުޅިގެން ފުލުހުން ކުރިޔަށް ގެންދާ ތަހުގީގަކާއި ގުޅިގެން ކަމަށެވެ.
ފުލުހުންގެ އިދާރާއަށް ހާޒިރުވާން މަހުލޫފަށް އަންގާފައިވަނީ މިއަދު މެންދުރު 01:00 އަށެވެ.
12 June ge muzaaharaa aai gulhigen kuraa thahugregah miadhu 13:00 ah police ah haaziruvaan alhugandah angaifi #AnivaaverikanNinman ????
— Ahmed Mahloof (@AhmedMahloof) June 17, 2015
އަނިޔާވެރިކަން ނިންމަން ނަމުގައި އިދިކޮޅު ފަރާތްތަކުން މިމަހުގެ 12 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާގައި މަހޫލޫފާއި އިތުރު 11 މީހަކު ހައްޔަރުކުރި އެވެ. އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މުޒާހަރާތަކުގައި ފުލުހުންނަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް އެމީހުން ވަނީ ދޫކޮށްލައިފަ އެވެ.