ގާސިމް މަޖިލީހުގައި ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލީސް
ގާސިމް މަޖިލީހުގައި ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލީސް

ދެން ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރާނަން: ގާސިމް

ކުރިއަށް އޮތްތާ ރިޔާސީ އިންތިހާބެއްގައި ވާދަ ނުކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިއަދު ނޫހަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވެފައިވަނީ މިދިޔަ ދެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވީ ގައުމުގެ ތަރައްގީއަށް ދެކެވަޑައިގެންނެވި ބޮޑު ތަސައްވުރެއް ޔަގީން ކުރެއްވުމުގެ ނިޔަތުގައި ކަމަށާއި ނަމަވެސް ދެން ރިޔާސީ އިންތިހާބެއްގައި ވާދަ ނުކުރައްވާނެ ކަމަށެވެ.

ނަމަވެސް ކުރިޔަށް އޮތްތާ ރިޔާސީ އިންތިހާބެއްގައި ވާދަ ނުކުރައްވަން ނިންމެވި ސަބަބެއް ހާމައެއް ނުކުރައްވަ އެވެ.

”އަބަދުވެސް ކަންކަން ނިންމަވަނީ، ރައްޔިތުންނާއި ދިވެހި ގައުމަށް، އެންމެ ފައިދާ ހުރި ގޮތްތަކަށް ވިސްނަވައިގެން،“ ތައިލެންޑުގައި ހުންނެވި ގާސިމް ވިދާޅުވި ކަމަށް މިއަދު ނޫހުގައިވެ އެވެ.

ކުރިއަށް އޮތް ތަނުގައި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަނުކުރެއްވި ނަމަވެސް، އިގްތިސާދީ އަދި އިޖުތިމާއީ ސިޔާސީ ދާއިރާގައި ހިދުމަތް ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް މިހެން ވިދާޅުވެފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ކުރިމަތިލެވޭ އުމުރު 30 އަހަރާއި 65 އަހަރާ ދެމެދަށް ބަދަލު ކުރުމަށް ހުށަހެޅި އިސްލާހަށް ތާއީދު ކުރުމަށް ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރުންނަށް ގާސިމް މީގެ ދެ ދުވަސް ކުރިން އެދިވަޑައިގެންނެވުމަށް ފަހު އެވެ.

އެ އިސްލާހު ފާސްވެ، ރައީސް ތަސްދީގު ކުރައްވައިފިނަމަ ގާސިމަށް ރައީސް ކަމަށް ކުރިމައްޗެއް ނުލެވޭނެ އެވެ.

ދެ ރިޔާސީ އިންތިހާބެއްގައި ވާދަކުރެއްވި ގާސިމް 2008 ވަނަ އަހަރު ވަނީ 27،000 ވޯޓު ހޯއްދަވާފަ އެވެ. ސިޔާސީ ޕާޓީތައް ފުރަތަމަ ފަހަރަށް ވާދަކޮށްގެން ރާއްޖޭގައި ބޭއްވި އެ އިންތިހާބުގައި ގާސިމް ވަނީ ހަތަރު ވަނަ ހޯއްދަވާފަ އެވެ. އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި 50,422 ވޯޓާއެކު ތިން ގާސިމް ހޯދެއްވި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *