ކްރިމިނަލް ކޯޓު -- ފޮޓޯ: ޕޮލިސް
ކްރިމިނަލް ކޯޓު -- ފޮޓޯ: ޕޮލިސް

މިއަދުން ފެށިގެން ކްރިމިނަލް ކޯޓު ރިސެސްއަށް ހިނގައްޖެ

ކްރިމިނަލް ކޯޓުގެ އަހަރީ ކަލަންޑަރާ އެއްގޮތަށް މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް އެ ކޯޓު ރިސެސްއަށް ހިނގައްޖެ އެވެ.

ކްރިމިނަލް ކޯޓުގެ އަހަރީ ކަލަންޑަރުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 15 އިން ފެށިގެން އެ މަހުގެ ނިޔަލަށް އެ ކޯޓުގެ ރިސެސް އަށް ދާނެ އެވެ.

އާންމު ގޮތެއްގައި ރިސެސް މުއްދަތުގައި ހުރިހާ ޝަރީއަތްތަކެއް މެދުކަނޑާލާ ގޮތަށް އޮތަސް ކްރިމިނަލް ކޯޓުން ބުނީ ހުރިހާ ޝަރީއަތްތަކެއް މެދުކަނޑާލުމުގެ ބަދަލުގައި، ރިސެސްގައި ޝަރީއަތްތައް މަދުކޮށްލާނެ ކަމަށެވެ. ނަމަވެސް އެހެން އިދާރީ މަސައްކަތްތައް ކުރިއެކޭ ވެސް އެގޮތަށް ކުރިއަށް ގެންދާނެ އެވެ.

ކްރިމިނަލް ކޯޓު މިއަދު ރިސެސްއަށް ގޮސްފައިވާއިރު ޖުވެނައިލް ކޯޓުގެ ރިސެސް މުއްދަތު މިއަދު ނިމުމަކަށް އަންނާނެ އެވެ. އަދި ސިވިލް ކޯޓުގެ ރިސެސް މުއްދަތު ވެސް މިމަހުގެ 10 ގައި ވަނީ ނިމިފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *