ފުލުހުން ހިންގި އޮޕަޜޭޝަންގައި އަތުލައިގެތް މީހުން -- ފޮޓޯ: ޕޮލިސް
ފުލުހުން ހިންގި އޮޕަޜޭޝަންގައި އަތުލައިގެތް މީހުން -- ފޮޓޯ: ޕޮލިސް

ހަށިވިއްކަމުން ދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި

ހަށިވިއްކަމުން ދިޔަ ހަތަރު ބިދޭސީއަކު ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ އަންހެނަކާއި ތިން ފިރިހެނުން ކަމަށެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ މއ.ޒީފިޔާޒްގޭ ކޮޓަރިއެއްގެ ތެރެއިންނެވެ. ހައްޔަރުކުރި އެންމެންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

ފުލުހުން ބުނީ ހަށިވިއްކުމުގެ އަމަލު ހިންގަމުން ދިޔަ ކޮޓަރި ފާސްކުރި އިރު ދިވެހި ފައިސާ އާއި ބޭރު ފައިސާގެ އިތުރުން ޖިންސީ ގުޅުން ހިންގަން ބޭނުންކުރާ ބައެއް ތަކެތި ވެސް ފެނިފައިވާ ކަމަށެވެ.

މިމަހުގެ އަށް ވަނަ ދުވަހު ވެސް ފުލުހުން ވަނީ ބިދޭސީން ހަށިވިއްކަމުން ދިޔަ ތަނަކަށް ވަދެ ބަޔަކު ހައްޔަރުކޮށްފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *