އަންނަ ހަފްތާއިން ފެށިގެން ފިތުރު ޒަކާތް ބަލައިގެންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓުރީއިން މިއަދު ބުނީ ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ޖުލައި 14 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 10:30 ން 13:00 އަށެވެ. މާލޭގައި ނަމަ ޒަކާތް ބަލައިގަތުން އިސްލާމިކް މިނިސްޓްރީއިންނާއި ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ވިލިމާލޭން ހަމަޖެހިފައިވާއިރު އަތޮޅުތެރޭގައި ޒަކާތް ބަލައިގެންނާނީ ރަށްރަށު ކައުންސިލްތަކުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ،
ޒަކާތް ދައްކަންޖެހޭ މިންވަރަކީ އާދައިގެ ހަނޑޫނަމަ މީހަކަށް 12 ރުފިޔާ، ތައިލެންޑް ހަނޑޫ ނަމަ މީހަކަށް 50 ރުފިޔާ އަދި ބާސްމަތީ ހަނޑުލުންނަމަ މީހަކަށް 75 ރުފިޔާ އެވެ.
ޒަކާތު ފައިސާ ދޫކުރަން ނިންމާފައި ވަނީ ރޯދަ މަހުގެ 28 ވަނަ ދުވަހާއި 29 ވަނަ ދުވެހުއެވެ. އަދި ފަގީރުންގެ ގޮތުގައި ނަންނޯޓު ކުރުމުގެ ފުރުސަތު މިމަހުގެ 25 ން އަންނަ މަހުގެ ހަތް ވަނަ ދުވަހަށް ހުޅުވާލަން ވަނީ ނިންމާފަ އެވެ.