ނަޝީދުގެ ވެރިކަމުގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
ނަޝީދުގެ ވެރިކަމުގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ލައިލާއަށް ސެކިއުރިޓީ ނުދިން މައްސަލަ ނަޝީދުގެ އޮފީހުން ކުށްވެރިކޮށްފި

މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ބޭއްވި އެއްވުމުގައި ކުރީގެ ރައީސް އަދި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ އަށް އެމްއެންޑީއެފުން ސިިކިއުރިޓީ ނުދިން މައްސަލަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން މިއަދު ކުށްވެރިކޮށްފި އެވެ.

ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އެމްޑީޕީގެ އެއްވުމުގައި ލައިލާ ބައިވެރިވެވަޑައިގަތުމަށް ނިންމެވުމާ ގުޅިގެން، އެ ކަމަނާއަށް ދެމުން އައި ސިކިއުރިޓީ އެމްއެންޑީއެފުން ހުއްޓާލި ކަމަށެވެ. އަދި އޭގެ ސަބަބު ވެސް ލައިލާ އަށް އަންގާފައި ނެތް ކަމަށް ބަޔާނުގައިވެ އެވެ.

ނަޝީދުގެ އޮފީހުން ބުނިގޮތުގައި ނަޝީދު ފިޔަވައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ އެހެން ބޭބޭފުޅުންގެ އަނބިއަނބިކަނބަލުން، އެކިއެކި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާއިރު، ދައުލަތުން ސިކިއުރިޓީ ދޭކަން ފާހަގަ ކުރެވެ އެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކާއި އެ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު އަދާކޮށްފައިވާ މީހަކަށް އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ހިމާޔަތާއި ރައްކާތެރިކަން އެމްއެންޑީއެފުން ހަމަޖައްސައިދޭންވާނެ ކަމަށް، ރައީސްކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާ އިނާޔަތްތަކާ ބެހޭ ގާނޫނުގެ ފަސް ވަނަ މާއްދާގައި ބުނެފައިވާކަން ވެސް ނަޝީދުގެ އޮފީހުގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ބަޔާނުގައި ބުނީ ދައުލަތުގެ ދިފާއީ ބާރުގެ އެންމެ ބޮޑު ޒިންމާއަކީ ގާނޫނުގެ ތަރަހައިގެ ތެރެއިން ގައުމަށް ޚިދުމަތްކޮށް، ގައުމުގައި ހެޔޮވެރިކަމެއް ގާއިމް ކުރުމަށް އެހީތެރިވެ ދިނުން ކަމަށެވެ. އަދި ދައުލަތުގެ ދިފާއީ ބާރަކީ ސިޔާސީ ވިސްނުމުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަކީ މިއަދު ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް ވެސް ނަޝީދުގެ އޮފީހުން ބުންޏެވެ.
\

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *