ފިތުރު ޒަކާތް ހޯދުމަށް ބަޔަކު ކިޔު ހަދައިގެން
ފިތުރު ޒަކާތް ހޯދުމަށް ބަޔަކު ކިޔު ހަދައިގެން

މިމަހު 22 ގައި މުދަލު ޒަކާތް ދޫކުރަން ފަށަނީ

ފަގީރުންނާއި މިސްކީނުންގެ ގޮތުގައި މާލޭގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މުދަލު ޒަކާތު ފައިސާ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ދޫކުރާނެ ކަަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މި ފައިސާ ދޫކުރާނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ރަސްމީ ދުވަސް ތަކުގައި ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން މެންދުރުފަހު 3:00 ށެވެ. އެ މިނިސްޓްރީން ބުނީ މި ފައިސާ ބަލާ ފަގީރުންގެ ލިސްޓުގައި ނަން ނޯޓުކޮށްފައިވާ ފަރާތެތްގެ އަޑީކާޑު ހިފައިގެން އެހެން މީހަކު ދިޔަ ކަމުގައިވިޔަސް ފައިސާ ދޫކުރާނެ ކަމަށެވެ

އިސްލާމިކް މިނިސްޓްރީން ބުނީ ފަގީރުންނާއި މިސްކީނުންނަށް މިއަހަރު ވެސް ފައިސާ ބަހާއިރު މިއީ ފަހުގެ ތާރީހެއްގައި އެންމެ ގިނައިން ފައިސާ ބަހާ އަހަރަށް ވާނެ ކަމަށެވެ. ޒަކާތުގެ ގޮތުގައި ލިބިފަ ހުރި ފައިސާގެ ތެރެއިން މިއަހަރު ފަގީރުންނަށް ބެހުމަށް ނިންމާފައިވަނީ 6.7 މިލިއަން ރުފިޔާ އެވެ.

ފަގީރުންނާއި މިސްކީނުންގެ ގޮތުގައި މާލޭގައި 13،017 މީހަކު ރަޖިސްޓްރީކޮށްފައިވާއިރު މި ފަރާތްތަކަށް 5.2 މިލިއަން ރުފިޔާ ބެހުމަށް ވަނީ ނިންމާފަ އެވެ. އަދި އަތޮޅު ތަކުގައި ފަގީރުންނާއި މިސްކީނުންގެ ގޮތުގައި 37،899 މީހަކު ރަޖިސްޓްރީކޮށްފައިވާއިރު މި ފަރާތްތަކަށް 15.2 މިލިއަން ރުފިޔާ ބެހުމަށް ވަނީ ނިންމާފަ އެވެ.

އަތޮޅުތެރޭގައި މި ފައިސާ ދޫކުރާނީ އެ ރަށެއްގެ ރަށު ކައުންސިލުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *