ފުލުހުންގެ ޓޯޔާޑުގައި ހުންނަތާ ހަތަރު އަހަރުވެފައިވާ 34 އުޅަނދެއް ނައްތާލައިފިއެވެ.
މިއަދު ހެނދުނު އެއް ނަމްބަރު ކުނިކޮށީގައި ނައްތާލާފައިވަނީ ހަތަރު ފުރޮޅުލީ އަށް ވެހިކަލާއި ދެ ފުރޮޅުލީ 26 އުޅަނދެކެވެ. އޭގެ ތެރޭގައި ސައިކަލާއި ބައިސްކަލް ހިމެނެއެވެ.
ފުލުހުން ބުނީ މިއަދު ނައްތާލެވިފައިވަނީ ހަލާކުވެ ބާވެފައިހުރި އުޅަންދުތަކެއް ކަމަށެވެ.
މީގެ ކުރިންވެސް ފުލުހުން ވަނީ އެގޮތަށޤ ތޯކުރެވި ގިނަ ދުވަސްވެފައި ހުރި ވެހިކަލްތަކެއް ނައްތާލާފަ އެވެ.