ލ. ގަން
ލ. ގަން

ޒަހަމް ތަކަކާއި އެކު މަރުވެފައި އޮތް ބިދޭސީއަކުން ފެނިއްޖެ

ލ. ގަމު ގެއެއްގެ ތެރޭގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފީޝަލް ވިދާޅުވީ، ގަމު ގެއެއްގެ ތެރޭގައި ބަންގްލަދޭޝް ފިރިހެނަކު މަރުވެފައި އޮއްވައި ފެނިގެން އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 7:10 ގައި ކަމަށެވެ.

ލ.ގަމު ކައުންސިލުން ބުނީ އެމީހާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ތުނޑީ އަވަށުގައި ހުންނަ ގެއިން ކަމަށެވެ. އެގެއަކީ މީގެ ދެތިން އަހަރު ކުރިން މާލޭ މީހަކު އެރަށުން ނަގާފައިވާ ގޯއްޗެއްގައި ހަދާފައިވާ ގެއެއް ކަމަށާއި މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާއަކީ އެ ގެ ބަލަހައްޓަށް ހުންނަ މީހެއް ކަމަށެވެ.

އެމީހާ މަރުވެފައި އޮއްވާ ފެނުނު މީހުންނާއި ހަވާލާ ދީ ކައުންސިލުން ބުނީ އެމީހާގެ ބޮލުގައި ވަނީ އެއްޗަކުން ޖަހާފަ އެވެ. އަދި މަރުވެފައި އޮންނަތާ 24 ގަޑިއިރު ވެދާނެ ކަމަށް ބެލެވެ އެވެ.

އެ ބިދޭސީމީހާ މަރުވެފައި އޮށްވައި ފެނިފައިވަނީ އެގޭގެ މަސައްކަތެއް ކުރުމަށް ދިޔަ ދިވެއްސަކަށެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *