ގިލިލަންކަންފުށި --
ގިލިލަންކަންފުށި --

ދުނިޔޭގެ އެންމެ މަގުބޫލު ރިސޯޓަކަށް ގިލިލަންކަން ފުށި

ޓްރިޕް އެޑްވައިޒާއިން ހޮވާ މިއަހަރުގެ ދުނިޔޭގެ އެންމެ މަގުބޫލު ރިސޯޓަކަށް ގިލިލަންކަންފުށި ހޮވިއްޖެއެވެ.

މިއީ ދަތުރުވެރިންގެ މެދުގައި ނަގާ ވޯޓުން ހަދާ ލިސްޓެކެވެ. ދުނިޔޭގެ އެއްމެ މަގުބޫލު 25 ރިސޯޓްގެ މި ލިސްޓްގައި ރާއްޖޭގެ އެހެންބައެއް ރިސޯޓްތައް ވެސް ހިމެނިފައެވެ. އޭގެ ތެރޭގައި އެ ލިސްޓުން ހަވަނަ ޖާގަ ހޯދި ކޮކޯ މޯލްޑިވްސް އާއި 15 ވަނަ މަގާމު ހޯދި ކޮންސްޓަންސް މޫފުށި ރިސޯޓް ހިމެނެއެވެ.

ޓްރިޕް އެޑްވައިޒާއިން ވަނީ ދުނިޔޭގެ 8100 ޕްރޮޕަޓީ އަށް ލިބިފައިވާ ރިވިއުތަކަށް ބަލާފައެވެ.

ގިލި ލަންކަންފުށީގައި ޗުއްޓީ ހޭދަކޮށްފައިވާ ފަތުރުވެރިން ވަނީ ވަރަށް ބޮޑަށް ރިސޯޓަށް ތައުރީފްކޮށްފައެވެ.

ގިލިލަންކަންފުށި --
ގިލިލަންކަންފުށި —

އެގޮތުން މި ރިސޯޓްގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ’ނޯ ނިއުސް ނޯ ޝޫޒް‘ ޕޮލިސީއެވެ. މި ރިސޯޓްގައި ބޫޓަށް އަރައިގެން އުޅުމަކީ ހުއްދަކަމެއް ނޫނެވެ. މި ރިސޯޓްގައި 45 މޫދު ކޮޓަރި ހުރެއެވެ. މި މޫދު ކޮޓަރި އަށް ދިއުމަށް ފާލަމެއް ނުހުރެއެވެ. ދާންޖެހޭނީ ބޮއްކުރައެއްގައެވެ.

އެ ރިސޯޓުން މޫދުކޮޓަރިއަކަށް ރެއަކަށް ގާތްގަނޑަކަށް 1000 ޑޮލަރު ނަގާއެވެ.

ގިލިލަންކަންފުށި --
ގިލިލަންކަންފުށި —

ޓްރިޕްއެޑްވައިޒާ އިން އެކުލަވާލި ލިސްޓުގެ ދެވަނަ ރިސޯޓަކަށް ހޮވިފައި ވަނީ ކޮސްޓަރިކާގެ ހޮޓަލެއް ކަމަށްވާ ނަޔާރާ ހޮޓެލް ސްޕާ އެންޑް ގާޑެންސް އެވެ. ތިން ވަނަ އަށް ހޮވިފައި ވަނީ ކެމްބޯޑިއާގެ ހޮޓަލެއް ކަމަށްވާ ޝިންޓާ މަނީ ކްލަބް ސިއެމް ރީޕް އެވެ.

ޓްރިޕް އެޑްވައިޒާ އިން މިފަދަ އެވޯޑްތައްދޭ މީ ތޭރަ ވަނަ ފަހަރެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *