ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ: މަޖިލީސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ: މަޖިލީސް

ރޯދަ މަހުގެ އިނާޔަތް ހަމަހަމަ ކުރުމުގެ ބިލް މަޖިލީހުގެ އިއްތިފާގުން ބަލައިގެންފި

ރޯދަ މަހުގެ އިނާޔަތް ހުރިހާ މުވައްޒަފުންނަށް ހަމަހަމަ ގޮތުގައި ދިނުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލްގެ ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލް ބަލައިގަތީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެމްބަރުންގެ އިއްތިފާގުންނެވެ. ބިލް ދިރާސާ ކުރުމަށް ފޮނުވީ އިޖުތިމާއީ ކޮމިޓީއަށެވެ.

ދުވާފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު އަލީ މަޖިލީހަށް ހުށަހެޅުއްވި މި ބިލްގައި ބުނެފައި ވަނީ ”ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި، ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން 3،000 ރުފިޔާ ދޭންވާނެ“ ކަމަށެވެ.

އަދި އެ އިނާޔަތް ދިނުމުގައި، ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާ އެންމެހައި ފަރާތްތައް ވެސް ހިމަނަން ވާނެ ކަަމަށް ބިލްގައި ބަޔާންކޮށްފައިވެ އެވެ.

މި ބިލަށް މިއަދު ބަހުސްކ ުރައްވަމުން ސަރުކާރުގެ ދެ ޕާޓީގެ މެމްބަރުންގެ އިތުރުން އިދިކޮޅު މެމްބަރުން ވެސް ވަނީ ބިލަށް ތާއީދު ކުރައްވައިފަ އެވެ. އެހެން ނަމަވެސް ދެ ފިކުރުގެ ބައެއް ބޭފުޅުންގެ ވެސް މައިގަނޑު ކަންބޮޑުވުމަކީ ރޯދަ މަސް ފެށެން ނުވަ ދުވަހަށް ވެފައި ވަނިކޮށް، ކުއްލި ގޮތަކަށް ރޯދަ އިނާޔަތް ހަމަހަމަ ކޮށްފި ނަމަ، އަމިއްލަ ވިޔަފާރިވެރިންނަށް ކުރިމަތިވެދާނެ ދަތިތަކާ މެދުގަ އެވެ.

ސަރުކާރުން ބުނެފައިވަނީ މަޖިލީހުން ބިލް ފާސްކޮށްފި ނަމަ ރޯދަމަސް ފެށެން މިއޮތް ކުޑަ ދުވަސް ކޮޅުގެ ތެރޭގައިވެސް ސަރުކާރު މުވައްޒަފުންނަށް މަޖިލީހުން ފާސްކުރާގޮތަށް ހަމަހަމަކޮށް ރޯދަ އެލަވަންސް ދޫކުރެވޭނެ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *