މިއަދުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ހެލްތް މިނިސްޓްރީ
މިއަދުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ހެލްތް މިނިސްޓްރީ

ދިވެހިންގެ އާދަތައް ހުރީ ގައިން ގަޔަށް ނާރާ ބަލިތަކަށް މަގުފަހިވާ ގޮތަށް

ގައިން ގަޔަށް ނާރާ ބަލިތަކަށް މަގުފަހިވާ އާދަތައް ދިވެހިންގެ ކިބައިގައި އަށަގެންފައިވާ މިންވަރާއި މެދު ކަންބޮޑުވާންޖެހޭ ކަމަށް ހެލްތް މިނިސްޓަރު ޑރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމާއި ގުޅޭގޮތުން ސަރުކާރުގެ އެހެން މުއައްސަސާތަކާއެކު އެ މިނިސްޓްރީން ކުރިއަށް ގެންދާ މަޝްވަރާތައް ފެށުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ގައިން ގަޔަށް ނާރާ ބަލިތަކަށް މަގުފަހިވާ އާދަތައް ދިވެހިންގެ ކިބައިގައި އަށަގެންފައިވާތީ ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށެވެ. އިރުތިޝާމް ވިދާޅުވީ ރާއްޖޭގައި މަރުވާ ކޮންމެ 10 މީހެއްގެ ތެރެއިން އަށް މީހަކު މަރުވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގައި ކަމަށެވެ.

އަދި ވިދާޅުވީ ގައިން ގަޔަށް ނާރާ ބަލިތަކުގައި އެހާ ގިނަ މީހުން މަރުވެގެން ދިއުމަކީ ރާއްޖެ ފަދަ ކުޑަ ގައުމެއްގެ ތަރައްގީއާއި އުފެއްދުންތެރިކަމަށް އެކަމުގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކުރާނެ ކަަމެއް ކަަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ދައުލަތުގެ ވަޒީރުންނާއި މިނިވަން މުއައްސާތަކުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ކަމާއި ގުޅުންހުރި ދާއިރާތަކުގެ ރާއްޖެއިން ބޭރުގެ ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *