ރައީސް ޔާމީން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން --
ރައީސް ޔާމީން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން --

ރައީސް ޔާމީން ބުރާސްފަތި ދުވަހު ޗައިނާއަށް ވަޑައިގެންނަވަނީ

ރައީސް އަބްދުﷲ ޔާމީން އަންނަ ބުރާސްފަތި ދުވަހު ޗައިނާ އަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ދެ ދުވަހުގެ މުއްދަތަށް ރައީސް ޗައިނާ އަށް ވަޑައިގަންނަވަނީ އެ ގައުމުގެ ޔުނާން ޕްރޮވިންސްގެ ކުންމިން ސިޓީގައި ބާއްވާ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޮޒިޝަން އާއި ކުންމިން އިމްޕޯޓް އެންޑް އެކްސްޕޯޓް ފެއާގައި ތަގުރީރު ކުރެއްވުމަށެވެ.

ނަމަވެސް މިކަން ރައީސް އޮފީހުން ކަށަވަރުކޮށެއް ނުދެ އެވެ.

މިއީ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޮޒިޝަން ބާއްވާ ތިން ވަނަ އަހަރު ކަމަށް ވާއިރު، ކުންމިން ފެއާ ބާއްވާތާ 22 އަހަރު ވަނީ ވެފަ އެވެ. އިންވެސްޓްމަންޓް އިތުރުކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ބާއްވާ މި ދެ ފެއާގައި ސާކުގެ އަށް ގައުމުގެ އިތުރަށް ސައުދީ އަރަބިއްޔާ އާއި ޗައިނާގެ ސަރުކާރުގެ އިސް ވެރިންނާއި ބޮޑެެތި ވިޔަފާރިވެރިން ބައިވެރިވެ އެވެ.

މިއީ ވެރިކަމާއި ހަވާލުވެ ވަޑައިގަތް ފަހުން ރައީސް ޔާމީން ޗައިނާއަށް ކުރައްވާ ދެ ވަނަ ދަތުރުފުޅަށް ވެގެންދާނެވެ އެވެ. އަދި ޗައިނާގެ ރައީސް ޝީ ޖިންޕިން ވެސް ވަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. އެ ދަތުރުފުޅުތަކުގައި ޗައިނާ އާއި ރާއްޖެއާ ގުޅިގެން ރާއްޖޭގައި އިގްތިސާދީ ބޮޑެތި މަޝްރޫތަކެއް ހިންގުމަށް ވަނީ އެއްބަސްވެފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *