ދިހަ ދުވަހުގެ ތެރޭގައި ފަލަސްތީނުން އިޒްރޭލަށް ތިންވަނަ ހަމަލާ!

އިއްޔެގެ ވަގުތެއްގައި ފަލަސްތީނުގެ ގާޒާ ސްޓްރިޕް ސަރަހައްދުން އިޒްރޭލަށް އަމާޒުކޮށް ރޮކެޓް ހަމަލާއެއް ދީފައިވާކަމަށާއި މިއީ ފާއިތުވި ދިހަ ދުވަހުގެ ތެރޭގައި ފަލަސްތީނުން އިޒްރޭލަށް ދިން ތިންވަނަ ހަމަލާކަމަށް އިޒްރޭލުން ބުނެފި އެވެ.

”ގާޒާގެ ޓެރަރިސްޓުން އިއްޔެ ރޮކެޓް ހަމަލާއެއް ދިނީ އިޒްރޭލުގެ ދެކުނުގެ ސަރަހައްދަކަށް، އެއްވެސް މީހަކަމަށް އަނިޔާއެއް ނުވޭ“ އިޒްރޭލުގެ މިލިޓަރީ ތަރުޖަމާނު ޕީޓާ ލާނާ ބުނެފައި ވެ އެވެ.

އިޒްރޭލުގެ މީޑީއާ ބުނާގޮތުން ގާޒާއިން ފޮނުވާލި ރޮކެޓް އަމާޒުވީ އިޒްރޭލުގެ ”އަޝްކެލޯން“ ސިޓީ އަށެވެ.

ފާއިތުވި ދިހަ ދުވަގުތެރޭގައި ތިން ފަހަރަށް ފަލަސްތީނުން އިޒްރޭލަށް ހަމަލާދީފައިވާކަމަށް ބުނާއިރު ދެ ފަހަރު އިޒްރޭލުން ވަނީ ރައްދު ހަމަލާ ދީފަ އެވެ. އިޒްރޭލުން ދެ ފަހަރުވެސް ރައްދު ހަމަލާ ދީފައިވަނީ ހަމާސް ޖަމާއަތުގެ އަސްކަރީ ތަމްރީނު ކޭމްޕު ތަކަށެވެ.

މީގެ ކުރިން 50 ދުވަހަށް ދިގުދެމިގެންދިޔަ ހަމަލާތައްވެސް އިޒްރޭލުން ގާޒާއަށް ދީފައިވަނީ ފަލަސްތީނުން އިޒްރޭލަށް ހަމަލާދޭކަމަށް ބުނެ އެވެ.

50 ދުވަހަށް ދެމިގެންދިޔަ އެ ހަމަލާތަކުގައި ފަލަސްތީނުގެ 2200 މީހުން މަރުވި އެވެ. އިޒްރޭލުން މަރުވީ އެންމެ 73 މީހުންނެވެ. ހަމަލާތަކުގެ ގާޒާއަށް ލިބުނު ގެއްލުމުގައި 160000 ގެ ހަލާކުވި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *