ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ 25 އަހަަރަށް ޖަލަށް ލުމަށް ހުކުމް ކުރުމާއި ގުޅިގެން އެ ދާއިރާގެ ބައި އިލެކްޝަން ބާއްވާ ވޯޓުލުން ވަނީ ކުރިޔަށް ގެންގޮސްފައި. ވޯޓުލުން ހަވީރު 04:00 ގައި ވަނީ ހުރިހާ ރަށެއްގައިވެސް ނިންމާލާފަ އެވެ.
މި އިންތިހާބުގައި ވޯޓުލުމަށް ވަނީ 2،555 މީހަކު ރަޖިސްޓްރީކޮށްފަ އެވެ. މާލޭގައި ތިބި ދިއްގަރު ދާއިރާގެ މީހުން ވޯޓުލުމަށް ވޯޓު ފޮށި ބަހައްޓާފައި ވަނީ އިސްކަންދަރު ސްކޫލްގަ އެވެ. މާލޭގައި ވޯޓުލުމަށް ވަނީ 573 މީހަކު ރަޖިސްޓްރީކޮށްފަ އެވެ. ދިއްގަރުގައި ވޯޓުލުމަަށް 823 މީހަކު ރަޖިސްޓްރީ ކޮށްފައިވާއިރު މަޑުއްވަރީގައި 303، ރަތްމަންދޫގައި 112، ވޭވަށުގައި 170 އަދި މުލީގައި ވޯޓުލުމަށް ވަނީ 574 މީހަކު ރަޖިސްޓްރީކޮށްފަ އެވެ.
މި ބައި އިލެކްޝަންގައި ވާދަކުރައްވާފައިވާ ކެންޑިޑޭޓުންނަކީ ޕީޕީއެމްގެ ފަރާތުން އަހުމަދު ފާރިސް މައުމޫނާއި އެމްޑީޕީގެ ފަރާތުން އަހުމަދު ރާޒީ އާއި އަމިއްލަގޮތުން ވާދަކުރައްވާ މޫސާ ނަސީރު އަހުމަދު އަދި ޝަމީމް އަލީ އެވެ.