ރައީސް ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ރައީސް ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން މިރޭ ޒުވާނުންނާއި ބައްދަލު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޒުވާނުންނަށް ބައްދަލުކުރެއްވުމަށްޓަކައި ހާއްސަ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

”ޒުވާނުންނާއި އެކު ރައީސް ޔާމީން“ މިނަމުގައި ބާއްވާ މި ބައްދަލުކުރެއްވުން އޮންނާނީ މިރޭ 08:30 ގައި އަލިމަސް ކާނިވަލުގަ އެވެ.

މި ބައްދަލުވުން އިންތިޒާމްކުރާ ފަރާތުން ބުނީ ރައީސް ޔާމީން ޒުވާނުންނަށް ބައްދަލުކުރައްވަނީ ޒުވާނުންނާއެކު ވަގުތުކޮޅެއް ހޭދަކުރެއްވުމަށާއި ޒުވާނުންނަށް ބޭނުންވާ ކަންކަން އޮޅުންފިލުވުމުގެ އިތުރުން ޒުވާނުންގެ ޝަކުވާތައް އަޑުއެހުމުގެ މަގްސަދުގައި ކަމަށެވެ.

ޒުވާނުންނަށް ހާއްސަކޮށް ގިނަ ވައުދުތަކެއް ވެވަޑައިގަތުމަަށް ފަހު ވެރިކަމަށް ވަޑައިގެންނެވި ރައީސް ޔާމީން ޒުވާނުންނާ ވަކިން ބައްދަލުކުރައްވާއިރު، އެކި ކުޅިވަރު ކްލަބުތަކުންނާއި ޒުވާން ގްރޫޕުތަކުން ހިންގާ ހަރަކާތްތަކުގައި އެ މަނިކުފާނު ދޭތެރެ ދޭތެރެ އިން ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި އުމުރުން 18 އަހަރު ފުރޭ ކޮންމެ ޒުވާނަކަށް ހާއްސަ ސިޓީފުޅެއް ފޮނުއްވަން ވެސް އެ މަނިކުފާނު ވަނީ ފައްޓަވައިފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *