އަވަށެއްގައި ބޭނުންކުރަން އަމިއްލަ ފައިސާއެއް އުފެއްދި މީހަކާ ދެކޮޅަށް ދައުވާ އުފުލައިފި

އެއީ ރަޝިޔާގެ ދަނޑުވެރި އަވަށެއް ކަމަށްވާ ކޮލިއޮނޯވޯގެ ރައްޔިތެކެވެ. ނަމަކީ މީކައިލް ޝިޔާޕްނިކޯވް އެވެ. ކޮލިއޮނޯވޯއަކީ ދަނޑުވެރި އަވަށެކެވެ. މާ ތަހުޒީބު ސަރަހައްދެއް ނޫނެވެ. މިކައިލް އެ އަވަށް ނިސްބަތްކޮށް ”ކޯލިއޯން“ ގެ ނަމުގައި އާ ވައްތަރެއްގެ ފައިސާ ނޫޓުތަކެއް ތައްޔާރުކޮށް އަވަށުގައި ދައުރު ކުރަން ފެށީ އެ އަވަށުގައި ދިރިއުޅޭ މީހުންގެ ފަސޭހައަކަށެވެ.

ނަމަވެސް މީކައިލް އަށް މިހާރުވަނީ ނުރައްކަލަކާ ކުރިމަތިލާން ޖެހިފަ އެވެ. އެއީ ރަޝިޔާގެ ފެޑެރަލް ބޭންކުން މިކައިލް އާ ދެކޮޅަށް ދައުވާ ކުރުމުންނެވެ. ފެޑެރަލް ބޭންކުން ބުނަނީ ”ކޮލިއޮން“ ގެ ސަބަބުން ރަޝިއާގައި މިހާރު ބޭނުންކުރަމުން އަންނަ ”ރަބަލް“ އަށް ގެއްލުން ވާނެ ކަމަށެވެ.

ކޮލިއޮން ނޫޓު
ކޮލިއޮން ނޫޓު

ފެޑެރަލް ބޭންކުގެ އިލްޒާމްތަކަށް މިކައިލް ދެކޮޅު ހަދައެވެ. މިކައިލް ބުނީ އެ ނޫޓުތައް އޭނާ އުފެއްދީ ދަނޑުވެރިންގެ މެދުގައި ބޭނުން ކުރަން ކަމަށާއި އޭގެ ކަރަންޓް ފީއާއި ފެންބިލް ނުދެއްކޭނެ ކަމަށެވެ. އަދި އެންމެ ކުޑަމިނުން ފިހާރައަކުންވެސް އެ ފައިސާއަށް އެއްޗެއް ނުގަނެވޭނެ ކަމަށް މިކައިލް ބުންޏެވެ.
“ މި އަވަށުގައި ގިނައީ ދަނޑުވެރިން، އެއްގެއަށް އަލުވި ކޮޅެއް ބޭނުމިއްޔާ އަނެއްގެއަށް ކެރެޓް ކޮޅެއް ބޭނުންވާނެ، ކުރިން ދަނޑުވެރިން ހިޔާރު ކުރަމުން އައީ ބާޓާ ސިސްޓަމް، މިހާރު މި ފައިސާ ދައުރުވާން ފެށީމަ އެމީހުންނަށް ވަރަށް ފަސޭހަ މި ފައިސާގެ އަގެއް ނޫފުލޭނެ، ނުވެއްޓޭނެ، ރޭޓް އިންނާނީ އަބަދުވެސް އެއް ވަރަކަށް، މިސާލަކަށް ފަސް ”ކޮލިއޮންސް“ އަށް އެއް ބާލިދީ އަލުވި“ މިކައިލް ބުންޏެވެ.
މިކައިލް އުފެއްދި ނޫޓުތަކުގައި އެއް ރުފިޔާއިން ފެށިގެން 100 ރުފިޔާއާ ދެމެދުގެ ނޫޓު ހުރެ އެވެ. އަދި އެ ނޫޓުތަކުގައި ކުލަ ގަދަވެފައި ކޮންމެ ނޫޓެއްގައިވެސް ގަހެއް ކުރަހާފައި ހުންނައިރު އެ ނޫޓުތައް ތައްޔާރުކޮށްފައިވަނީ ވަރަށް ކޮލިޓީކޮށް ކަމަށް ވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *