އާތިފް ރަޝީދު -- ފޮޓޯ: ޕޮލިސް
އާތިފް ރަޝީދު -- ފޮޓޯ: ޕޮލިސް

ގާޒީ ބަދަލުކޮށް، އާތިފް ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރަން ފޮނުވައިފި

ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމްގެ މަރުގެ މައްސަލައިގެ ޝަރީއަތް ނިމުމަކާ ގާތަށް ގޮސްފައިވަނިކޮށް، އެ މައްސަލަ ބެއްލެވި ގާޒީ ބަދަލުކުރުމަށް ފަހު ދޫކޮށްލި މއ. ސީނަރީވިޔު އާތިފް ރަޝީދު ދޫކޮށްލި މައްސަލަ އިސްތިއުނާފުކުރު ކުރަން ޕީޖީ އޮފީހަށް ފުލުހުން ފޮނުވައިފި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އާތިފް މިއަދު ދޫކޮށްލީ ޝަރީއަތުގެ އަޑުއެހުމެއް ވެސް ބޭއްވުމަށް ފަހު އެވެ. ކޯޓުން ބުނީ އޭނާ ދޫކޮށްލަން ނިންމީ އެގޮތަށް ގާޒީ އަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ އިސްތިއުނާފުކޮށް ދިނުމަށް މިހާރު ޕީޖީގައި އެދިފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލަ އިސްތިއުނާފު ކުރުމާއި މެދު ގޮތެއް ނިންމުމަށް ދިރާސާ ކުރަމުންދާ ކަމަށެވެ.

ލޮރެންޒޯ ޕާކުގައި 2012 ވަނަ އަހަރު މަރާލި ދަރުމަވަންތަ ސްކޫލްގެ ދަރިވަރު، އަރުހަމްގެ މަރުގެ ޝަރީއަތް އެންމެ ފުރަތަމަ ބެއްލެވީ ގާޒީ މުހުތާޒު ފަހުމީ އެވެ. ނަމަވެސް މިހާރު އެ މައްސަލަ ބައްލަވަމުން ގެންދަވަނީ ގާޒީ އަބްދުﷲ ދީދީ އެވެ.

2012 ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ އަރުހަމް މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ އާތިފުގެ އިތުރުން ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފުޔާނާއި އާއި ލ. މާވަށް އެވާބްލޫ މުހައްމަދު ވިސާމް އާއި ހަމަ އެ ރަށު އަސަރީގޭ މަންސޫރު ޔޫސުފްގެ މައްޗަށެވެ.

އެ މައްސަލައިގެ ދައުވާ ލިބޭ ހުރިހާ ފަރާތްތައް ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *