ހުޅުމާލޭ އަތިރިމަތި -- ދުވަސް ފޮޓޯ: އަޒްމީ އަލީ
ހުޅުމާލޭ އަތިރިމަތި -- ދުވަސް ފޮޓޯ: އަޒްމީ އަލީ

ހުޅުމާލޭ އަތިރިމަތީގައި ކެފޭ ހަދަން ބިން ދޫކުރަނީ

ހުޅުމާލޭ އަތިރިމަތީގައި ކެފޭ ހަދަން ބިން ދޫކުރަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހުޅުވާލައިފި އެވެ.

އެޗްޑީސީން ބުނީ ކެފޭ ހަދަން ބޭނުންވާ ފަރާތްތަކަށް ބިން ދޫކުރަން ނިންމާފައިވަނީ ހުޅުމާލޭ ބޮޑު މަގު ކޮޅުން “ރުއްގަނޑު” ސަރަހައްދު ކަމަށެވެ. އެޗްޑީސީން ބުނީ ބިން ދޫކުރާ އަގު ކަނޑައަޅާނީ ހުށަހަޅާ ބިޑުތަކަށް ބަލައިގެންކަމަށެވެ.

އެ ސަރަހައްދުގައި ކެފޭ ތަކަށް 4000 އަކަފޫޓް ކަނޑައަޅާފައި ވާއިރު، ބިން ދޫކުރަނީ 15 އަހަރަށެވެ. އަދި ބިން ދޫކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި ކެފޭ ތަރައްގީ ކުރަން ޖެހެ އެވެ.

މިއީ ކެފޭ ހަދަން މިގޮތަށް ހުޅުމާލެއިން ބިން ދޫކުރާ ފުރަތަމަ ފަހަރެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 15 ގެ ނިޔަލަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *