މިދިޔަ އަހަރު އައްޑޫ ސިޓީއަށް ކުރި ވިއްސާރައިގެ ތެރެއިން -- ފޮޓޯ: އައްޑޫ އޮންލައިން
މިދިޔަ އަހަރު އައްޑޫ ސިޓީއަށް ކުރި ވިއްސާރައިގެ ތެރެއިން -- ފޮޓޯ: އައްޑޫ އޮންލައިން

މޫސުން ގޯސްވުމުން ވަކި ސަރަހައްދުތަކަކަށް ޔެލޯ އެލާޓު ނެރެފި

މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާޢްޖޭގެ ވަކި ސަރަހައްދުތަކަކަށް ”ޔެލޯ އެލާޓޫ“ ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ޔެލޯ އެލާޓު ނެރުނީ ފ. އަތޮޅާއި އައްޑޫ އާއި ދެމެދުގެ އަތޮޅުތަކުގެ މޫސުން ގޯސްވާނެތީ އެ ސަރަހައްދަށް ކަމަށެވެ. އެސަރަހައްދަށް ރީންދޫ އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 8:00 އިން 12:00 އަށެވެ.

މޫސުމާ ގުޅިގެން ދެވަނަ އަށް ނެރޭ ”ޔެލޯ އެލާޓް“ ނެރެނީ ވައިގެ ބާރުމިން ގަޑިއަކު 30 މޭލާ 40 މޭލާ ދެމެދު އުޅޭ ނަމަ އެވެ.

އިއްޔެ ވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓުވެސް ނެރެފަ އެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއަށް ވެސް މޫސުން ގޯސް ކަމަށާއި ހާއްސަކޮށް ފ. އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށް ވަރަށް މޫސުން ގޯސްވާނެ ކަމަށް ބެލެވޭ ކަމަށެވެ. ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ކަނޑު އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ބެލެވޭ އިރު ވައި ޖެހޭނެ ކަމަށް ބެލެވެނީ ގަޑިޔަކު 13 މެއިލްއާއި 23 މެއިލްއާއި ދެމެދުގެ ބާރު މިނެއްގަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *