ރާއްޖޭގައި މިހާރު އޮތް ސަރުކާރުން ކަންކުރާ ގޮތުން އިންޑިއާއަށް ނުރައްކަލެއް ކުރިމަތިވެދާނެ: އީސަ  

ރާއްޖޭގައި މިހާރު އޮތް ސަރުކާރުން ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކަށް އެއްބާރުލުންދީ އެ ފަރާތްތައް ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ސަރުކާރެއް ކަމަށާއި އެގޮތަށް ކަންކުރުމުން އެކަންކަމަކީ އިންޑިއާއަށް ނުރައްކަލަކަށް ވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ކުރިން މެމްބަރުކަން ކޮށްފައިވާ އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ.

އީސަ މިހެން ވިދާޅުވީ ސްރީލަންކާގައި ހުންނަވައިގެން އެކޮނޮމިކް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

އިންޓަވިއުގައި އީސަ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަކީ ގޭންގުތަކާ ގުޅުން އޮންނަ އަދި ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކަށް ހިތްވަރުދޭ ސަރުކާރެއް ކަމަށެވެ. އަދި އެހެންކަމުން ރާއްޖޭގެ ޒުވާނުން އައިއެސްފަދަ ޖަމާއަތްތަކާ ގުޅުމަށް ހިތްވަރުލިބޭ ކަމަށް އީސަ ވިދާޅުވެފައި ވެ އެވެ.

”އަހަރުމެން ޔޫރަޕާ ގާތް ގުޅުމެއް އޮވޭ، ޔޫރަޕަކީ ރާއްޖެއަށް ފަތުރުވެރިން އެންމެ ސަރަހައްދު، އިންޑިއާއަކީ ތާރީހީ ގޮތުންނާ ސަގާފީގޮތުން އަހަރުމެންނާ ގުޅުން އޮންނަ ގައުމެއް، ރާއްޖޭގައި ކަޅު ފައިސާ އާއި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާވުމާއި ދީނީގޮތުން ހައްދުފަހަނައަޅާފައިވާ މީހުން ގިނަވުމާއި، މީ އިންޑިއާއަށް ހުރި ނުރައްކަލެއް“ އީސަ ވިދާޅުވި އެވެ.

އީސަގެ އިންޓަވިއުގައި އިތުރަށް ވިދާޅުވެފައިވަނީ ސަރުކާރު ހިންގާ ޕާޓީއާ ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ދެ ޑެޕިއުޓީ ލީޑަރުންނަކީ ޖަމިއްޔަތުލް ސަލަފްގެ އިސްވެރިޔާއާ އާއިލީ ގޮތުން ގުޅުން އޮންނަ ފަރާތްތައް ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *