ނައިފަރުން 187 ޕެކެޓް މަސްތުވާތަކެއްޗާއެކު ދެފިރިހެނަކާއި އަންހެނަކާއި ކުޑަކުއްޖެއް ހައްޔަރުކޮށްފި

ޅ. ނައިފަރުގައި ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި 187 ޕެކެޓް މަސްތުވާތަކެއްޗާއެކު ދެ ފިރިހެނަކާއި އަންހެނެއްގެ އިތުރުން ކުޑަ ކުއްޖަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިމައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 23 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ އަންހެނެއްގެ އިތުރުން ކުޑަ ކުއްޖެއް ކަމަށެވެ.

މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއެކު ކޯޓު އަމުރެއްގެ ދަށުން މިމީހުން ތިބި ކޮޓަރި ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 187 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ބަންދު ކުރުމަށް ބޭނުންވާ އާލާތްތަކާއި މަސްތުވާތަކެތި ބޭނުން ކުރަން ބޭނުންވާ އާލާތްތަކެއް މި މީހުން ތިބި  ކޮޓަރިތެރެއިން ފެނިފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.

އަދި މިމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަޙުޤީޤު ކުރިޔަށް ގެންދަން  ކުޑަ ކުއްޖާއަށާއި 26 އަހަރުގެ އަންހެން މީހާއަށް އަށް ދުވަހުގެ ބަންދުގެ މުއްދަތެއް އަދި 24 އަހަރުގެ މީހާއަށާއި 23 އަހަރުގެ މީހާއަށް ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ނައިފަރު ކޯޓުން ދީފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މިމައްސަލައިގައި ހިމެނޭ 24 އަހަރުގެ މީހާ އަދި 23 އަހަރުގެ މީހާއާއި ކުޑަކުއްޖާގެ ކުޑަކަމުދާ ތަކެތި ޓެސްޓު ކުރި އިރު މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވް ވި ކަމަށެވެ. އަދި މީގެ ތެރެއިން 24 އަހަރުގެ މީހާއާއި 23 އަހަރުގެ މީހާއަކީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގެ ރެކޯޑު އޮންނަ މީހުން ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

One Response

  1. މީ ނައިފަރުގައި ޓާފް ދަނޑު ހަދައި ހުޅުވުމުގެ ރަސްމިއްޔާތައް ވަޑައިގެންނެވި ޢިއްޒަތްތެރިންގެ ބޭނުން ފުޅަކަށް މިރަށައް ގެންނެވި ތަކެތިހެން ހީވަނީ ، ޝުކުރިއްޔާ ޤައުމު، ޝުލުރިއްޔާ ނައިފަރު،

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *