ބައެއް ގައުމުތަކުން ކުރާ ޓްވީޓްތަކާ މެދު ކަންބޮޑުވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓަރު ދުންޔާ އާއި ހަވާލާ ދީ މިއަދު ފޮރިންގ މިނިސްޓްރީގެ ރަސްމީ ޓުވިޓާ އެކައުންޓުން ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ”ޝަރުއީ މަރުހަލާގެ ކަންކަމަށް ސަރުކާރުން ނުބެހޭނެ“ ކަމަށެވެ. އަދި ދެ ވަނަ ޓުވީޓްގައި ވިދާޅުވެފައި ވަނީ ގާނޫނާ އެއްގޮތަށް އިންސާފު ލިބިދެވޭނެ ކަމަށެވެ.
”އަހަރެމެންގެ ގާނޫނުތަކާއި ގާނޫނު އަސާސީއާ އެއްގޮތަށް އިންސާފު ލިބިދެވޭނެ. ކުށުގެ އަމަލުތަކާއި ހަމަނުޖެހުމަށް ޖާގައެއް ނުދެވޭނެ،“ ދުންޔާ ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީގެ ޓްވީޓްގައި ބުނެފައިވެ އެވެ.
I am concerned by the tweets of some countries. Rest assured Govt will not intervene in the judicial process -FM Dunya
— Ministry of Foreign Affairs ???????? (@MoFAmv) June 3, 2015
Justice will be served as per our laws & Constitution. Criminal activities & incitement to violence will not be condoned – FM Dunya
— Ministry of Foreign Affairs ???????? (@MoFAmv) June 3, 2015
ދުންޔާ މިހެން ވިދާޅުވެފައިމިވަނީ ސްރީލަންކާގައި ހުންނަ އެމެރިކާ އެމްބަސީގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓަކާއި ގުޅިގެންނެވެ. އެ ޓުވީޓުގައި ބުނެފައިވަނީއިދިކޮޅު ތިން ލީޑަކު ހައްޔަރު ކުރުމުން ކަންބޮޑުވާކަމަށެވެ. އަދި ޑިމޮކްރަސީއަށް ދިވެހި ރައްޔިތުންގެ ހިތުގައި އިތުބާރު އުފެދޭތަން ދެކެން ބޭނުންވާ ކަމަށް ވެސް އެ ޓްވީޓްގައި ބުނެފައިވެ އެވެ.
Concerned 3 more opposition leaders charged by #Maldives govt. Eager to see govt take steps to restore confidence in democracy + rule of law
— U.S. Embassy Colombo (@USEmbSL) June 2, 2015
އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ޖޭޕީ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް އަދި ޖޭޕީގެ ކައުންސިލް މެންބަރު ސޮބާހު ރަޝީދުގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މިދިއަ މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިއަ މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރުދޭ ގޮތަށް ވާހަކަ ދެއްކުމުން މުޒާހަރާގެ ބައިވެރިން ފުލުހުންގެ ބެރިކޭޑް ފަޅާލައި، އަނިޔާވެރި އަމަލުތަކެއް ހިންގުމުން ކަމަށް ބުނެ އެވެ.
އެ މައްސަލާގައި އިމްރާނުގެ ޝަރީއަތް ރޭ ފަށާފައިވާ އިރު އޭނާ ވަނީ ދައުލަތުން އުފުލި ދައުވާއަށް އިންކާރު ކުރައްވާފަ އެވެ. އަމީނާއި ސޮބާހުގެ ޝަރީއަތް ރެޔަށް ތާވަލު ކުރި ނަމަވެސް އެމީހުން ރޭއްޖޭގައި ނޫޅުއްވާތީ ޝަރީއަތް ބޭއްވޭ ގޮތް ވަނީ ނުވެފަ އެވެ.