ފޮޓޯ: މަންދު ކޮލެޖު
ފޮޓޯ: މަންދު ކޮލެޖު

އެހެން ގޮތެއް ދަރިވަރުންނަށް ހޯދައިދޭނަން: އިބްރާ

މަންދު ކޮލެޖު މިހާރު ހިންގަމުން އަންނަ ކުރީގެ އެމްއީއެސް އިމާރާތުގައި ރޭ ފުލުހުން ތަޅުއަޅުވައި ބަންދުކުރުމާ ގުޅިގެން، ދަރިވަރުންނަށް އެހެން ގޮތެއް ހޯދައިދޭނެ ކަމަށް ކޮލެޖުގެ ވެރިޔާ އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެ އެވެ.

މަންދު ކޮލެޖުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ އެ ކޮލެޖުގައި ކިޔަވަމުންދިޔަ ދަރިވަރުންނަށް އެހެން ގޮތެއް ހަމަޖައްސައިދެންދެން ކެތްތެރިވުމަށް ކޮލެޖުގެ ވެރިޔާ އިބްރާ އެދިވަޑައިގެންފަވާކަމަށެވެ. އަދި ކޮލެޖުގައި ހިންގާ ކޯސްތައް ކުރިޔަށް ގެންދާނެ ކަމުގެ ޔަގީންކަންވެސް އިބްރާ ދެއްވާފައިވާ ކަމަށެވެ.

”ދެން އަންނަ ސެމިސްޓާއަކަށް ކޮލެޖުން އެހެން ގޮތެއް ހަމަޖައްސަން ދެން ދަރިވަރުން ކެތްތެރިވުމަށް ޗެއާމަން އެދިވަޑައިގަންނަވަ އެވެ. ނަމަވެސް މިކަމަށް އަދި ކުޑަ ދުވަސްކޮޅެއް ނަގާފާނެ އެވެ.“ ކޮލެޖްގެ ފޭސްބުކް ޕޭޖްގައި ލިޔެފައި ވެ އެވެ.

އެ ކޮލެޖުން ބުނީ ރޭ މަންދު ކޮލެޖުގައި ތަޅުއަޅުވަން ފުލުހުން ދިޔަ އިރު އިބްރާ ހުންނެވި ކަމަށާއި ކޯޓު އޯޑަރެއް ނެތި ނުވަނުމަށް ފުލުހުންގެ ކިބައިން ތަކުރާރުކޮށް އެދުމުންވެސް ފުލުހުން އެކަމަށް ބޯލަނބާފައިނުވާކަމަށެވެ.

ރޭ ދަންވަރު 01:00 ހާއިރު އެޑިއުކޭޝަނުން މަންދު ކޮލެޖްގައި ތަޅު އެޅުވީ، އެ ތަން ހުސްކުރަން މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ދިން 24 ގަޑިއިރުގެ ނޯޓިސް ހަމަވުމުންނެވެ.

މަންޖު ކޮލެޖުން ކުރިން ބުނެފައިވާ ގޮތުގައި އެތަނުގެ ކޯސްތައް 1،500 ދަރިވަރުން ދަނީ ހަދަމުންނެވެ. އެތަނުގައި ގިނައިން ކުރިޔަށް ގެންދަނީ އޮންލައިންކޮށް ހިންގާ ކޯސްތަކެވެ.

މަންދު ކޮލެޖް ހުސް ނުކުރުމަށް ސިވިލް ކޯޓުން އިއްޔެ ވަގުތީ އަމުރެއް ވެސް ނެރެފައިވެ އެވެ. އެކަމަކު އެޑިއުކޭޝަނުން ފަހުން ބުނީ އެ އަމުރު ކޯޓުން ބާތިލްކޮށްފައިވާ ކަމަށެވެ.

މަންދު ކޮލެޖްގައި ފުލުހުންގެ ބެލުމުގެ ދަށުން ތަޅު އެޅުވުމަށް ފަހު، އެޑިއުކޭޝަން މިނިސްޓްރީން ނެރުނު އެންގުމުގައި ވަނީ، ރެއިން ފެށިގެން އެއީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި އިމާރާތެއް ކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދަ ނެތި އިމާރާތަށް ވަދެ ނުކުމެ އުޅުމަކީ މަނާކަމެއް ކަމަށް ވެސް އެންގުމުގައިވެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ގްރޭޑް ސްކޫލެއް ހިންގަން ދީފައިވާ އިމާރާތެއްގައި ކޮލެޖެއް ހިންގުމަކީ އެޑިޔުކޭޝަނުން އެތަން ދޫކުރި މަގުސަދާ ހިލާފު ކަމެކެވެ. އަދި އެތަން ހުސްކުރަން އަންގަންޖެހުނީވެސް އެއްބަސްވުމާއި ހިލާފަށް އެތަނުގައި ކޮލެޖެއް ހިންގާތީ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *