އަދާލަތު ޕާޓީގެ ރައީސް ހައްޔަރުކޮށްގެން ގެންދަނީ -- ފޮޓޯ: އެމްޑީޕީ
އަދާލަތު ޕާޓީގެ ރައީސް ހައްޔަރުކޮށްގެން ގެންދަނީ -- ފޮޓޯ: އެމްޑީޕީ

އިމްރާން ބަންދުގައި ބަހައްޓަށް ކުރި އަމުރު އިސްތިއުނާފު ކުރަނީ

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައި ބަހައްޓަން ކްރިމިނަލް ކޯޓުން ރޭ ނެރުނު އަމުރު އިސްތިއުނާފް ކުރަން އިމްރާން ނިންމަވައިފި އެވެ.

އިމްރާންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައި ބަހައްޓަން ކޯޓުން އަމުރުކުރީ ދައުލަތުން ކޯޓުގައި އެގޮތަށް އެދިގެންނެވެ. އެމައްސަލަ އިސްތިއުނާފު ކުރުމަށް ނިންމާފައިވާކަން ހާމަކޮށް އިމްރާންގެ ވަކީލް ހުސްނުއްސުއޫދު މިއަދު ވިދާޅުވީ އެ މައްސަލަ އިސްތިއުނާފް ކުރަން މިއަދުގެ ވަގުތެއްގައި ފޯމް ހުށަހަޅާނެ ކަމަށެވެ.

ރޭ ބޭއްވި އަޑުއެހުމުގައި އިމްރާން ބަންދުކުރަން އަމުރު ނެރުނީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށްފަ އެވެ. އިމްރާންގެ ވަކީލުން ރޭގެ އަޑުއެހުމުގައި ބުނެފައިވަނީ އިމްރާންގެ ބަލި ހާލަތު ހުރި ގޮތުން އޭނާ އެންމެ ބޮޑު ވަރަކަށް ވެސް ބަހައްޓަންޖެހޭނީ ގޭ ބަންދުގައި ކަމަށް ހައި ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ.

އިމްރާންގެ މައްޗަށް ދައުވާކުރަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް އޭނާ ވާހަކަ ދެއްކެވި ކަމަށް ބުނެ އެވެ. ނަމަވެސް ރޭ ބޭއްވި އަޑުއެހުމުގައި އިމްރާން ވަނީ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *