ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ވަރުގަދަވެ ބަދަހި ވެގެންދާނެކަން ޔަގީން: މޯދީ

އިންޑިޔާއާއި، ރާއްޖެއާ ދޭތެރޭ އޮތް ގާތް، ރަޙްމަތްތެރި ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި ވަރުގަދަވެ، އިތުރަށް ބަދަހިވެގެންދާނެކަން ޔަޤީންކުރައްވާ ކަމުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ފޮނުއްވި މެސެޖުގައެވެ.

ރައީސް އޮފީހުން ވިދާޅުވީ އިންޑިޔާގެ ބޮޑުވަޒީރު ފޮނުއްވި މެސެޖުގައި، ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރާއްޖޭގެ ރައްޔިތުންނަށް، އިންޑިޔާ ސަރުކާރާއި އެޤައުމުގެ ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވެފައިވާކަމަށެވެ. އަދި، އިންޑިޔާއާއި، ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމް ކުރެވުނުތާ 50 ވަނަ އަހަރު، މި ނޮވެންބަރުމަހުގެ ތެރޭގައި، ފެށިގެންދާނެކަންވެސް އެމަނިކުފާނުގެ މެސެޖުގައި ފާހަގަ ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *