މަންދު ކޮލެޖުގެ ލޯގޯ --
މަންދު ކޮލެޖުގެ ލޯގޯ --

މަންދު ކޮލެޖަށް ނުވަނުމަށް ފުލުހުންނަށް އަމުރުކޮށްފި

މަންދު ކޮލެޖް ހިންގާ ކުރީގެ އެމްއީއެސް އިމާރާތަށް ނުވަނުމަށް ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ވަގުތީ އަމުރެއް ނެރެފި އެވެ.

ސިވިލް ކޯޓުން މިއަދު މިގޮތަށް އަމުރުކުރީ މަންދު ކޮލެޖް ހިންގަމުންދާ ކުރީގެ އެމްއީއެސް ހިންގި އިމާރާތް ހުސްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާ 24 ގަޑިއިރުގެ މުހުލަތެއް ދިނުމަކީ ގާނޫނާއި ހިލާފު ބާތިލް އެންގުމެއް ކަމަށް ކަނޑައަޅައިދިނުމަށް ސިވިލް ކޯޓަަށް އެ ކޮލެޖުން މިއަދު ހުށައަޅާފައިވާ މައްސަލައާއި ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މަންދު ކޮލެޖް ހިންގަމުންދާ ކުރީގެ އެމްއީއެސް އިމާރާތް ހުސްކުރުމަށް މިއަދު މެންދުރުފަހު 3:00 އިން ފެށިގެން 24 ގަޑި އިރުގެ ނޯޓިހެއް މަންދު ކޮލެޖް ހިންގަމުންދާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ ކަމަށާއި އެ މުއްދަތުގައި އެތަން ހުސްކުރުމަށްފަހު މިނިސްޓްރީއާ ހަވާލުނުކޮށްފިނަމަ އެ އިމާރާތް ހުސްކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރާނެ ކަމަށެވެ.

އެޑިއުކޭޝަނުން ބުނެފައިވަނީ އެ އިމާރާތް ހުސްކުރަން އަންގަން ޖެހުނީ އެ އިމާރާތް ކުއްޔަށް ދީފައިވާ ބޭނުން ނުކުރާތީ ކަމަށެވެ. އެ މިނިސްޓްރީން ބުނީ އެ ތަން ކުއްޔަށް ދީފައިވަނީ އިންޓަނޭޝަނަށް ސްކޫލެއް ހިންގުމަށް ކަމަށާއި ކޮލެޖެއް ހިންގުމަށް ނޫންކަމަށެވެ.

މިނިސްޓްރީން ވަނީ މީގެ ކުރިން އެއް މަސްދުވަހުގެ މުހުލަތެއް އެ ކޮލެޖު ހިންގާ އިމާރާތް ހުސްކުރުމަށް ދީ، އަލަށް ކުދިންނަށް ޖާގަ ނުދިނުމަށް އަންގާފަ އެވެ. ނަމވެސް މަންދު ކޮލެޖުން ވަނީ އެ އެންގުމާއި އެއްގޮތަށްވެސް އަމަލު ނުކޮށްފަ ކޮލެޖަށް ވަނުމަށް ފުރުސަތުވެސް ހުޅުވާލާފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *