މާލޭ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި

މާލޭ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 26 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި މި ދެމީހުންނަކީވެސް ދިވެހިން ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އެމީހުން އުޅެމުންދިޔަ ގެ ބަލައިފާސްކޮށް މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނމި ޖޫން މަހުގެ 1 ވަނަ ދުވަހުގެ ރޭ 22:35 ހާއިރު ހިންގި އޮޕަރޭޝަނުގައި އެގޭގައި އެމީހުން އުޅެމުންދާ އެޕާޓްމަންޓް ތެރެއިން ކަމަށާއި މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް މަސައްކަތްކުރުމުން އެމީހުންގެ އަތުގައި ހުރި ބައެއް ތަކެތި ވަނީ ޖެހިގެންހުރި ގޭގެ ފުރާޅު މައްޗަށް އުކާލި ކަމަށް ފުލުހުން ބުނެ އެވެ.

އަދި މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެދެމީހުން އެވަގުތު ތިބި އެޕާޓްމަންޓާއި ޖެހިގެންހުރި ގޭގެ ފުރާޅުމަތި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 89 ސެލޯފިންކޮޅާއި އައިއެސްޑީ 55 ސްޓިކާ އާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 3 ޕެކެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމް ހުސްކުރި ދަޅެއް ފެނިފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ ތެރެއިން 24 އަހަރުގެ މީހާއަކީ މުދަލަށް ގެއްލުން ދިނުމާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށެވެ. އަދި 26 އަހަރުގެ މީހާއަކީ ޑިއުޓީގައި ހުރި ފުލުހަކަށް އަނިޔާކުރުމުގެ މައްސަލައެއް ރެކޯޑްސް އޮންނަ މީހެއް ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *