މިދިޔަ މަހުގެ 30 ވަނަ ދުވަހުގެރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާގެ ފުރަގަސްފަރާތުގައި ފޮރުވައިގެން އެތެރެކުރި މަސްތުވާތަކެތީގެ ބައެއް -- ފޮޓޯ: ޑީއީޑީ
މިދިޔަ މަހުގެ 30 ވަނަ ދުވަހުގެރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާގެ ފުރަގަސްފަރާތުގައި ފޮރުވައިގެން އެތެރެކުރި މަސްތުވާތަކެތީގެ ބައެއް -- ފޮޓޯ: ޑީއީޑީ

ފުރަގަސްފަރާތުގައި ފޮރުވައިގެން 13 ބުލެޓް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ފުރަގަސް ފަރާތުގަ ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މި މީހާ ހައްޔަރކު ކުރީ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުން  2015 މޭއި 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށްބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެކްސްރޭ ނެގި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 13 ބުލެޓް ފެނިފައިވާކަމަށާއި މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ޙާޟިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް 15 ދުވަހު ބަންދުގެ މުއްދަތެއް ދީފައިވާކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *