ފުލުސް އޮފީހަކަށްވަދެ ފުލުހަކާ މާރާމާރީ ހިންގި މިސްރުގެ އަންހެނަކު ޖަލަށް ލައިފި

މީގެ ދެ އަހަރު ކުރިން މިސްރުގެ ފުލުސް އޮފީހަކަށްވަދެ ފުލުހަކާ މާރާމާރީ ހިންގި މިސްރުގެ އަންހެނަކު 15 މަހަށް ޖަލަށްލުމަށް އެގައުމުގެ ކޯޓަކުން އިއްޔެ ހުކުމް ކޮށްފި އެވެ.

15 މަހުގެ ޖަލު ހުކުމެއް އިއްވި މަހީނޫރު އަލް މަސްރީއަކީ ގާނޫނީ ވަކީލެކެވެ. އަދި ވަރިގަދަ އެކްޓިވިސްޓެކެވެ. ހިއުމަން ރައިޓްސް ޕްރައިޒް 2014 ވަނަ އަހަރު ހާސިލްކޮށްފައި ވެ އެވެ.

ޖަލަށްލުމަށް ހުކުމްކޮށްފައިވާ މާހީނޫރަކީ މަގާމުން ދުރުކޮށް މަރުގެ ހުކުމް އިއްވާފައިވާ މިސްރުގެ ކުރީގެ ރައީސް މުހައްމަދު އަލް މުރްސީއަށް ތާއީދު ކުރާ އެކްޓިވިސްޓެކެވެ.

2013 ވަނަ އަހަރުގެ ޖޫން މަހު މިސްރުގައި ގެނެވުނު އަސްކަރީ އިންގިލާބެއްގައި މުރްސީ މަގާމުން ދުރުކޮށްފައިވާއިރު މުރްސީއަށް ތާއީދުކުރާ ފަރާތްތަކުން އަދިވެސް އަންނަނީ މިހާރުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައްކޮށް ވެރިކަން ބަދަލު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *