ސަސްޕެންޑް ކުރަން ނިންމި ބައެއް ކައުންސިލަރުން -- ފޮޓޯ: އެލްޖީއޭ
ސަސްޕެންޑް ކުރަން ނިންމި ބައެއް ކައުންސިލަރުން -- ފޮޓޯ: އެލްޖީއޭ

މިނިވަން ފަންސާހުގައި ބައިވެރިނުވާތީ ކައުންސިލަރުންތަކެއް ސަސްޕެންޑުކޮށްފި

މިނިވަން 50 ގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވާން ނިންމި ފަސް ކައުންސިލަރަކު މިއަދު ސަސްޕެންޑްކޮށްފި އެވެ.

އެލްޖީއޭއިން ބުނީ އެ ކައުންސިލަރުންނަކީ އދ. އަތޮޅު ކައުންސިލްގެ މެމްބަރު އަލީ އަޒަމް އާއި އަހުމަދު ހަލީލްގެ އިތުރުން އއ. އަތޮޅު ކައުންސިލްގެ ދެ މެމްބަރުން ކަމަށްވާ ހަސަން ޝިޔާން އާއި މޫމިން ރަޝީދު އަހުމަދުގެ އިތުރުން އަލީ ސަމީރު އެވެ.

މި މައްސަލަ ބެލުމަށް އެލްޖީއޭއިން ބޭއްވި ނުވަ ވަނަ ބޯޑު ބައްދަލުވުމުގައި ނެގި ކޮމިޓީން ނިންމާފައިވަނީ އެ ހަތަރު ކައުންސިލަރުން ވެސް އެއްމަސް ދުވަހަށް ސަސްޕެންޑްކޮށް މުސާރަ އާއި އިނާޔަތްތައް ހިފެހެއްޓުމަށެވެ.

އެލްޖީއޭއިން މިއަދު ވަނީ މިހަތަރު ކައުންސިލަރުން ސަސްޕެންޑްކޮށް، މުސާރަ އާއި އިނާޔަތް ހިފަހައްޓާފައިވާކަން ކައުންސިލަރުންނަށް އަންގަވައި ދެއްވުމަށް، އެ ދެ އަތޮޅުގެ ކައުންސިލްތަކުގެ ރައީސުންނަށް އަންގާފައި ކަމަށް އެއޮތޯރެޓީން މައުލޫމާތު ދެއެވެ.

އދ. އަތޮޅު ކައުންސިލަރުންނަށް ފިޔަވަޅު އަޅާފައި މިވަނީ މިނިވަން 50 ގެ ހަރަކާތްތަކުގައި ބައިވެރިނުވާން އެ އަތޮޅު ކައުންސިލުން ގަރާރެއް ފާސްކުރުމުން އެ ގަރާރު ބާތިލް ނުކޮށްފިނަމަ ކައުންސިލް އުވާލާނެ ކަމުގެ އިންޒާރު ހޯމް މިނިސްޓަރު އުމަރު ނަސީރު ދެއްވުމުން އެ ގަރާރު ބާތިލްކޮށްފައިވަނިކޮށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *