ފުިޝަރީޒް ޑިވެލޮްމެންޓް ޕރޮގްރާމްގެ ދަށުން ދޫކުރާ ދެ ލޯނެއްގެ މުއްދަތު ވަނީ އަންނަ އަހަރުގެ ޖެނުއަރީ 18 ެގ ނިަޔަލަށް އިތުރުކޮށްފައި --
ފުިޝަރީޒް ޑިވެލޮްމެންޓް ޕރޮގްރާމްގެ ދަށުން ދޫކުރާ ދެ ލޯނެއްގެ މުއްދަތު ވަނީ އަންނަ އަހަރުގެ ޖެނުއަރީ 18 ެގ ނިަޔަލަށް އިތުރުކޮށްފައި --

މަސްވެރިކަމާއި ގުޅޭ ދެ ލޯނެއްގެ މުއްދަތު އިތުރުކޮށްފި

ފިޝަރީޒް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން އުޅަނދު ތަރައްގީކޮށް މަހަށް ނިކުތުމަށް ބާރުއެޅުމުގެ ގޮތުން ދޫކުރާ ލޯނު ދޫކުރުމުގެ ތިންވަނަ ފިޔަވަހީގެ ލޯނަށް އެދުމުގެ ފުރުސަތު އިތުރުކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ލޯނަށް އެދުމުގެ ފުރުސަތު އިއްޔެ ހަމަވެފައިވީ ނަމަވެސް އިތުރު ދެ މަސް ދުވަހަށް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފައި ވަނީ އެ ލޯނަށް އެދުމަށް ގިނަ ފަރާތްތަކަކުން އެދެމުން ދާތީ ކަމަށެވެ. އެ ލޯނަކީ ޒުވާން މަސްވެރިންނާއި އޮޑިވެރިން އިތުރުކުރުމަށް މަސައްކަތް ކުރާ އިރު، މަސްދޯނި ބަނުމަށް ބޭނުންވާ ތަކެތީގެ އަގު ބޮޑުވުމާއި ޒަމާނީ ވަސީލަތްތައް ހޯދުމާއި އުޅަނދަށް ބޭނުންވާ އިންޖީނު ހޯދުމުގައި މާލީ ގޮތުން ޒުވާނުންނަށް ދަތިތަކާ ކުރިމަތިލާން ޖެހޭތީ މިނިސްޓްރީން ތައާރަފްކުރި ލޯނެކެވެ.

ލޯނަށް އެދުމުގެ  މުއްދަތު އިތުރުކޮށްފައިވަނީ 18 ޖެނުއަރީ 2015 ގެ ނިޔަލަށެވެ. ލޯނަށް އެދޭ ފޯމް ބަލައިގަންނާނީ ބީއެމްއެލްގެ މާލެއާއި އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ބްރާންޗްތަކުންނެވެ.

ފިޝަރީޒް މިނިސްޓްރީ އިން ބުނީ ތިންވަނަ ފިޔަވަހީގެ ދަށުން ލޯނު ދޫކުރުމުގެ އުސޫލުތައް ބަޔާންކޮށްދޭ ލިޔުމާއި ލޯނަށް އެދޭ ފޯމް އެ މިނިސްޓްރީންނާއި ބީއެމްއެލްގެ މެއިން ބްރާންޗް، ބާޒާރު ބްރާންޗް އަދި އަތޮޅުތެރޭގެ ބްރާންޗްތަކުން ލިބެން ހުންނާނެ ކަމަށެވެ.

ފިޝަރީޒް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ ޖުމްލަ އަދަދަކީ 8.8 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން މަހުގެ އާ އުފެއްދުންތައް އުފެއްދުމަށް ދޫކުރާ ކުދި ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު ވެސް ވަނީ އިތުރުކޮށްފައި އެވެ. މިއީ މަސްވެރިކަން ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ހަރަކާތްތެރިވާ ސިނާއީ ކުންފުނިތަކަށް މަސްވެރިން ބާނާ މަހުގެ ތެރެއިން ނުގަންނަ މަހުން އިތުރު އާމްދަނީއެއް ލިބޭނެގޮތަކަށް އެމަހުގެ ބޭނުންހިފުމަށްޓަކައި މަހުގެ ބާވަތްތައް ތައްޔާރުކޮށް އައު އުފެއްދުންތައް އުފެއްދުމަށް ޒުވާނުންނަށް ހިތްވަރުދިނުމުގެ ގޮތުން 60 އިންސައްތަ ޒުވާން އަންހެނުންނަށް އަމާޒުކޮށްގެން ހުޅުވާލާފައިވާ ޕުރޮގުރާމެކެވެ.

އެ ޕްރޮގުރާމުގެ ދަށުން ދޫކުރާ ލޯނުތައް ދޫކުރުމަށް ހަމަޖެހިފައިވާ ޖުމްލަ އަދަދަކީ 5.8 މިލިއަން ރުފިޔާ އެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *